ހޮންގްކޮންގް އެކްޓިވިސްޓްގެ ގާތް ތިމާގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހޮންގްކޮންގްގެ ގައުމީ ސަލާމަތާ ބެހޭ ފުލުހުން އަންގާރަ ދުވަހު ވަނީ ޖަލަށްލާފައިވާ އެކްޓިވިސްޓް ނަތަން ލޯގެ މައިންބަފައިންނާއި ކޮއްކޮ ގޮވައިގެން ސުވާލުކޮށްފަ އެވެ.
ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނީ ލޯގެ ގާތް ތިމާގެ މީހުން ހޮންގްކޮންގްގައި ހުންނަ އެމީހުންގެ ގެތަކުން ގެންގޮސް ސުވާލު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ރޮއިޓާސްގެ ބަހެއް ހޯދުމަށް ހޮންގްކޮންގް ގެ ފުލުހުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ރޮއިޓާސް އިން ގުޅުމުން ލޯ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
2020 ވަނަ އަހަރު ޗައިނާއިން ހޮންގްކޮންގްގައި ހިންގި ގައުމީ ސަލާމަތާ ބެހޭ ގާނޫނެއްގެ ދަށުން ކުށްތަކެއް ކުރި ކަމަށް ބުނެ ހޮންގްކޮންގް ގެ ފުލުހުން މިދިޔަ ހަފުތާގައި ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ބޭރުގައުމުތަކުގެ އަށް އެކްޓިވިސްޓުންގެ ތެރޭގައި ލޯ ވެސް ހިމެނެ އެވެ.
މިއީ އެއްވެސް މީހަކު ހައްޔަރުކުރަން މަގުފަހިވާ ފަދަ މައުލޫމާތަކަށް އެއް މިލިއަން ޑޮލަރު (128،000 ޑޮލަރު) ގެ އިނާމެއް ދިނުމަށް ފަހު އެކްޓިވިސްޓެއްގެ ގާތް ތިމާގެ މީހުންނާ ސުވާލުކުރި ފުރަތަމަ ފަހަރެވެ.
ހޮންގްކޮންގްގެ ބެއިޖިންއަށް ތާއީދުކުރާ ލީޑަރު ޖޯން ލީ ދާދި ފަހުން ވިދާޅުވެފައި ވަނީ އެ އަށް އެކްޓިވިސްޓުންނާ މެދު އަމަލު ކުރަން ޖެހޭނީ ރައްޔިތުން ދުރުހެލިވާން ޖެހޭ ނުވަތަ ރިޕޯޓް ކުރަން ޖެހޭ "ސްޓްރީޓް ރެޓްސް" ފަދައިން ކަމަށެވެ.