ޚަބަރު

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by STELCO

އެ ކުންފުނިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެކަމަށާއި، ހުޅުމާލެއިން ކަރަންޓު ކެނޑޭނީ ހެނދުނު 10:00 އިން 12:00 އަށް ހުޅުމާލެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ މިދިލިމަގާއި، ފިތުރޯނު މަގު އަދި އަސްރުމާ ހިނގުމުން ކަމަށެވެ.

އަދި މެންދުރު 14:00 އިން 16:00 އަށް ހުޅުމާލެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަރަންޓު ކެނޑޭނެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 14:00 އިން 16:00 އާ ދެމެދު ވަގުތުގައި މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަފްގްރޭޑް ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!