ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ޝަހީބު ދޫކޮށްލައިފި
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް އިއްޔެ ބަންދުން ދޫކޮށްލައިފިއެވެ.
ޝަހީބު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު މުރާޖައާކުރުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން އެކަން ބެލުމަށް ފަހުގައެވެ.
ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ބާކީ ތިބި 5 ހެކިންނަކީ ޝަހީބުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ކަމެއް ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތަކެއް ނޫންކަމަށް ވުމާއެކު، އޭނާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.
ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ހުޅުމާލެއާއި މާލޭގެ ގެތަކެއްވެސް ބަލައި ފާސްކޮށްފައިވެއެވެ.
އެގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
ތިޔައީޕޮލިހާއިކޯޓުތައްގުޅިގެންކުޅޭޑުރާމާއެކެވެ200ކިލޯވިޔަސްމައްސަލައެއްނެތްފައިސާކޮޅެއްދިނީމައިޕޮލިސްވިޔަސްކޯޓުވިޔަސްއެމީހާދޫކޮށްލާނެޑުރަގުނެޓުވޯކަކީމިހުރިހައިމީހުންގުޅިގެންހިންގާކަމެއް