އިމިގްރޭޝަނުން އިންޑިއާގެ ދެ މީހަކު ހޯދަނީ
އިންޑިއާގެ ދެ މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.
އެތަނުން ހޯދަން އިއުލާންކުރި ދެ މީހުންނަކީ ކޮޔާ ކާލިއާތު ހާލިދު، 78، އާއި އިލިޔާސް އަންސާރީ ކާލިއާތު ކޮޔާ، 34، އެވެ. އެނގިފައިވާ ގޮތުގައި މިއީ ދެބަފައިންނެވެ.
އިމިގްރޭޝަނުން ނެރުނު ނޯޓިހެއްގައި ވަނީ އިންޑިއާގެ ދެ މީހުން ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތިގައި މީގެ ދެތިން ދުވަސް ކުރިން އެ މީހުން ރާއްޖެއިން ވަނީ ފުރާފައެވެ.
Ads by HDC