ދުނިޔެ

ލަންކާގެ ރައީސް އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އުއްމީދުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެ ދުވަހުގެ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ނިއު ދިއްލީއަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

Ads by Sosun Fihaara

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުކުރެއްވުމުގައި ސްޓްރެޓެޖިކް ގޮތުން މުހިންމު ހަކަތައާއި ކަރަންޓާއި ބަނދަރުގެ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ދެ ގައުމުގެ އޮފިޝަލުން ވިދާޅުވި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިކްރަމަސިންހަ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެ ރަށުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ނިއު ދިއްލީއަށް ދެއްވާނެ އެވެ.

ނިއު ދިއްލީއަކީ އާދަޔާ ހިލާފަށް ދެކުނުގެ އަވަށްޓެރި ގައުމަކާ އެކު ބަދަހި ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވާއިރު، އިންޑިއާ ކަނޑުގައި ސްޓްރެޓެޖިކް ގޮތުން އެ ގައުމު އޮތުމުގެ ސަބަބުން އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ޖޯސްޓިން ގްރައުންޑަކަށް ވަނީ ވެފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދެއްކުމުގެ ބާރު ލިބިފައި ނުވާތީ ނަން ހާމަނުކޮށް ވާހަކަ ދައްކަމުން އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ، މި ދަތުރުފުޅުގައި އިރުއުތުރުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައި ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުމެއް އިއުލާނު ކުރާނެ ކަމަށާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރު އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!