ޚަބަރު

ދުނިޔޭގެ އެންމެ ރީތި ކަރަންޓީނު ފެސިލިޓީ ރާއްޖޭގައި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ބައްޔަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ ތެރެއިން އެންމެ ރީތި ފެސިލިޓީއެއް ގާއިމުކޮށްފައި އޮތީ ދިވެހި ރާއްޖޭގައި ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕްރޮފެސަރ އުގެއިލް ކުރެއްވި ޓްވީޓެއްގައި ދިވެހި ރާއްޖޭގައި ގާއިމުކުރި ކަރަންޓީނު ފެސިލިޓީ އަކީ ދުނިޔޭގެ ގާއިމުކުރި އެންމެ ރީތި ކަރަންޓީނު ފެސިލިޓީ ކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފައިވެއެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހޭ މީހުން ކަރަންޓީނުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށް ކ. ވިލިވަރުގައި ގާއިމު ކުރި ކަރަންޓީނު ފެސިލިޓީ އަކީ 10 ދުވަސް ތެރޭ ތައްޔާރު ކުރި ތަނެކެވެ.

30 ކޮޓަރި ހިމެނޭގޮތަށް ހަދާފައިވާ މި ކަރަންޓިން ފެސިލިޓީ ހެދުމަށް ސަރުކާރުން ވަނީ 2.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ.

ރާއްޖެއިން ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 4 މީހަކު ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!