ޚަބަރު ސަރުކާރު

މި ފަސް އަހަރުގެ ތެރޭގައި ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިއްޖެ: ރައީސް ޞާލިޙް 

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ފަސް އަހަރުގެ ތެރޭގައި ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް، ޒުވާނުންނަށްޓަކައި ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ފާހަގަކުރާ ރާއްޖޭގެ 58ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދިވެހި ޒުވާނުންނަށްޓަކައި މީގެ ކުރިން ތަނަވަސްވެފައި ނުވާ މިންވަރަށް ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިޔަށްއޮތް ތަނުގައި ވެސް އެންމެ ބޮޑަށް އިސްކަން ދެއްވާނީ ރާއްޖޭގެ މަސްލަހަތު ހިމާޔަޔްކޮށް, ރައްކާތެރި ކުރުން ކަމަށާއި ރާއްޖޭގެ ގަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

"މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފާ. ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން, ނިމިގެން މިދާ 5 އަހަރަކީ ސިޔާސީ މިނިވަންކަމާއި ދާހިލީ މިނިވަންކަންވެސް އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވުނު 5 އަހަރު ކަމަށާއި މި ދައުރުގައި ދިވެހިންގެ ފަރުދީ އަދި ޒާތީ މިނިވަންކަންވެސް ފުރިހަމައަށް ހިފެހެއްޓިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!