ޚަބަރު

ރައީސް ޔާމީންގެ ރަނިންމޭޓަކަށް އަނެއްކާ ވެސް ޑރ. ޖަމީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓްކަމަށް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ހަމަޖައްސަވައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ރަނިންމޭޓްކަމަށް ޖަމީލު ހަމަޖައްސަވާފައިވާކަން މިއަދު ޕީޕީއެމްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވީ ވެސް ޑރ. ޖަމީލް ރަނިން މޭޓަކަށް ހުންނަވައިގެންނެވެ. އަދި 2015 ވަނަ އަހަރުގެ މެދާ ހިސާބަށް ރައީސް ޔާމީންގެ ނައިބެއްގެ ގޮތުގައި ޖަމީލު ހުންނެވިއެވެ. އޭގެ ފަހުން ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަނީ މަޖިލިސް މެދުވެރިކޮށް ދުރުކޮށްފައެވެ.

ރައީސް ޔާމީންގެ ރަނިން މޭޓު އިއުލާން ކުރެއްވި އިރު، ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ވެސް އެމަނިކުފާނެވެ. ނަމަވެސް ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންތިޚާބުގައ ވާދަ ކުރެވޭނެ ކަމާމެދު ޝައްކު ވަނީ އުފެދިފައެވެ.

ކެންޑިޑެންސީ ފޯމު ހުށަހެޅި ނަމަވެސް ޖަލު ހުކުމެއް އޮއްވައި ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނާނެ ކަމަށް އިލްކެޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ދެ މައްސަލައެއް ވަނީ ވައްދާފައެވެ. ނަމަވެސް ދެ މައްސަލަ ވެސް ސްޕްރީމް ކޯޓުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!