ޚިޔާލު ތަފާތުވާ މީހުންނަށް ޖާގަ ދޭނަން، އެންމެ ފައިދާ ހުރި ގޮތަކީ ޚިޔާލުތައް އަޑުއެހުން: ރައީސް ޞާލިޙް
ޚިޔާލު ތަފާތުވާ މީހުންނަށް ޖާގަ ދޭނެ ކަމަށާއި އެންމެ ފައިދާ ހުރި ގޮތަކީ ޚިޔާލުތައް އަޑުއަހައި ފައިދާހުރި ގޮތް ހޯދުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްްޖެއެވެ.
ފުވައްމުލައް ސިޓީގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ތަޖުރިބާ ކުރި ފަސް އަހަރުގެ ތެރޭގައި ކޯލިޝަން ސަރުކާރެއް އުފައްދައި ތަފާތު ޚިޔާލުތަކުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނީ ޚިޔާލުތައް އަޑުއަހައި ފައިދާހުރި ގޮތް ހޯދުން ކަމަށާއި އެކަމަކީ ރައްޔިތުންނަށް ލާބަހުރި ގޮތް ކަމަށެވެ.
“ކޯލިޝަން ސަރުކާރެއް އުފައްދައި ތަފާތު ޚިޔާލުތަކުގެ ތެރޭގައި މަސައްކަތްކުރީމާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނީ. ފަހަރުގައި އަޅުގަނޑަށް އޭގެ އެންމެ ރަނގަޅު ފައިދާ ނުވެދާނެ،" ރައީސް ޞާލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނާއި ހަމައަށް ކުރިޔަށް އޮތް ފަސް އަހަރުގައި ވެސް ގެނެވޭނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް، ހަލަބޮލިކަން ގައުމުން ނައްތާލައިގެން ކަމަށާއި ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން އެކިއެކި ހިޔާލުތައް ހޯދައިގެން ކުރިޔަށް ދިއުމުން ގިނަ ރައްޔިތުންތަކަކަށް އެކަމުގެ ފައިދާ ކުރާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅިވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
”ޚިޔާލު ތަފާތުވާ މީހުންނަށް ޖާގަ ދޭނަން، އެންމެ ފައިދާ ހުރި ގޮތަކީ ޚިޔާލުތައް އަޑުއެހުން: ރައީސް ޞާލިޙް”
އިންސާނުން ޤަބޫލްރާވާހަކަ ދައްކަބަ ތިމާމެން ދިވެހި ރައްޔިތުން ނަކީ ހަމަނުޖެހޭ މޮޔައިން ކަމަށް ހަދައިފަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ ހަޤީގަތް އޮޅުވާނުލާ ތިދަތުރުގަވެސް ސިފައިން ނާއި ފުލުހުން އާންމުނަށްދިންއަނިޔާ….