ދުނިޔެ

ރިލަޔަންސް އިން އަގުހެޔޮ ލެޕްޓޮޕް މާކެޓަށް ނެރެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ރިލަޔަންސް ރީޓެއިލް އިން އަންނަ މަހު 200 ޑޮލަރުގެ ލެޕްޓޮޕެއް ތައާރަފްކުރަން ނިންމާފައި މިވަނީ މުކޭޝް އަމްބާނީގެ ހިއްސާ އޮންނަ ރީޓެއިލާ އިން އަގުހެޔޮ ފޯނުގެ ކާމިޔާބީ ތަކުރާރުކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

Ads by Sosun Fihaara

ޖިއޯބުކްގެ ނަމުގައި 4ޖީ ބޭނުންކުރާ މި ލެޕްޓޮޕްގެ އަގަކީ 16،499 ރުޕީސް (200.63 ޑޮލަރު) ކަމަށާއި މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ހިންގާ ރީޓެއިލް އައުޓްލެޓްތަކާއި އޮންލައިން ޕްލެޓްފޯމް ރިލަޔަންސް ޑިޖިޓަލް މެދުވެރިކޮށް ގަންނަން ލިބޭނެ ކަމަށެވެ.

ގޫގުލްގެ އެންޑްރޮއިޑް އޯއެސްގެ މައްޗަށް ބިނާކޮށް ހިންގާ އޮޕަރޭޓިން ސިސްޓަމެއް ކަމަށްވާ ޖިއޯއޯއެސްގައި ހިންގާ ޖިއޯބުކް ގައި ޖިއޯޓީވީ އާއި ޖިއޯކްލައުޑްގޭމްސް އެޕްތައް ކުރިން އިންސްޓޯލްކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އޮކްޓޫބަރު މަހު ރޮއިޓާސް އިން ވަނީ ޖިއޯބުކް އުފައްދާނީ ކޮންޓްރެކްޓް އުފައްދާ ކުންފުނި ފްލެކްސް އިން ލޯކަލްކޮށް ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފަ އެވެ.

އަމްބާނީގެ ރިލަޔަންސް އަކީ އަގު ހެޔޮކޮށް ވިޔަފާރިތަކަށް ހުރަސް އެޅުމަށް މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ ވަޔަލެސް ވެންޗާ ޖިއޯ އިންފޯކޮމް އިން ވަނީ އަގުހެޔޮ އިންޓަނެޓް ޕްލޭންތަކާ އެކު އިންޑިއާގެ މޮބައިލް މާކެޓަށް 2016 ވަނަ އަހަރު ބޮޑު ކުރިއެރުމެއް ގެނެސްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!