ދުނިޔެ

ރާހުލް ގާންދީގެ އަބުރުގެ ހުކުމް އިންޑިއާގެ ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަބުރުގެ މައްސަލައެއްގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ މައްޗަށް އިއްވާފައިވާ ހުކުމް އިންޑިއާގެ ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށްފި އެވެ.

Ads by WAMCO

ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޕޫރްނޭޝް މޯދީ 2019 ވަނަ އަހަރު "ހުރިހާ ވައްކަން ކުރާ މީހުންގެ [އެ މީހުންގެ] އާންމު ނަމެއްގެ ގޮތުގައި މޯދީ ހުންނަނީ ކީއްވެތޯ" ސުވާލު ކުރުމުން ގާންދީގެ މައްޗަށް ކުށް ސާބިތުވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އޭގެ ފަހުން ގާންދީ ވަނީ އެ ތަގުރީރުގައި މަޝްހޫރު އަދި ގުޅުމެއް ނެތް ތިން މޯދީއަށް އިޝާރާތް ކުރައްވައިފަ އެވެ: ފިލައިގެން އުޅޭ އިންޑިއާގެ ޑައިމަންޑް ޓައިކޫނަކާއި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިން ސަސްޕެންޑްކޮށްފައިވާ ކްރިކެޓް އެގްޒެކެޓިވްއަކާއި ބޮޑުވަޒީރެވެ.

ނަމަވެސް އެ ވާހަކަތަކަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ގެ އިތުރުން މޯދީގެ ނަމުން ނަން ދީފައިވާ އެހެން މީހުންނަށް އިހާނެތިކޮށް ދައްކާ ވާހަކަތަކެއް ކަމަށް ބެލެވެ އެވެ. މި ނަން ގުޅިފައިވަނީ އިންޑިޔާގެ ޒާތީ ދަރަޖައިގެ ދަށު ދަރަޖައާއެވެ.

އިންޑިއާއަށް ތިން ބޮޑުވަޒީރުކަން ދެއްވި ދަރިކޮޅުގެ ގާންދީ، 53، ގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޖަލު ހުކުމް މަޑުޖައްސާލައި އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

ދެ އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ސިޔާސީ ފަރާތްތައް އޮޓަމެޓިކުން ޑިސްކޮލިފައި ވުމުން އެ ހުކުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ވެސް ގެއްލުނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!