ދުނިޔެ

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިނޭޝަން ޓީމް އެސްކޯޓުކުރަމުންދިޔަ ދެ ފުލުހުން މަރާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިނޭޝަން ޓީމް އެސްކޯޓުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ފުލުހުން މަރާލައިފިއެވެ.

Ads by WAMCO

ބަޑިން ހަމަލާދީ މި ދެ ފުލުހުން މަރާލާފައި ވަނީ ޕާކިސްތާނުގެ ޣުއެއްޓާގައި، އަންގާރަ ދުވަހުއެވެ.

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިނޭޝަން ޓީމަށް ހަމަލާދީފައި މިވަނީ އެގައުމުގައި ޕޯލިއޯގެ ވެކްސިން ދިނުމަށް ޚާއްސަ ކެމްޕޭނެއް ފެށި ފުރަތަމަ ދުވަހުއެވެ. ހަފުތާއަކަށް ކުރިއަށްގެންދަން ފެށި މި ކެމްޕޭނުގެ ދަށުން، ފަސް އަހަރުން ދަށުގެ 2.6 މިލިއަން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

މިހަމަލާގައި، ޕޯލިއޯ ވެކްސިނޭޝަން ޓީމުގެ އެއްވެސް މެމްބަރަކަށް އަނިޔާވެފައި ނުވާކަމަށް، ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ބިލާވަލް ބުއްޓޫ ޒަރްދާރީ ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ހަމަލާދިން މީހުން ވީހާވެސް އަވަހަށް ހޯދައި، ހައްޔަރު ކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޕޯލިއޯ ވެކްސިނޭޝަން ޓީމަށް އެއްބާރުލުންދީ އެޓީމުގެ ސެކިއުރިޓީ ވަރުގަކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ބިލާވަލް ވަނީ އެދިވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!