ޚަބަރު ސިޔާސީ

އިންތިޚާބުގައި ވާދަ ކުރަންޖެހޭ،ނުކުރުމަކީ ލިބޭނެ ނިކަމެތި ކަމެއް: ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިޔާސީ ޕާޓީއަކަށް ލިބޭނެ އެންމެ ބޮޑު ބާރަކީ، ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރުން ކަމަށް ވިދާޅުވެ، މި އަހަރުގެ ރިޔާސީ އިންތިޚާބު، ޕީޕީއެމް-ޕީއެންސީން ބޮއިކޮޓް ކުރުމާ ދެކޮޅުކަމަށް ރައީީސް ޔާމީންގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް، މިއަދު ސުޕްރީމް ކޯޓުން ތާއީދު ކުރުމުން، ރައީސް ޔާމީން ފޮނުއްވި ނޯޓެއްގައި ވަނީ ޕީޕީއެމްއިން އެދޭނަމަ، ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުގައި މިކަމާ ގުޅޭގޮތުން ކުރެވެމުންދާ ބަހުސްގައި ނާޒިމް ވިދާޅުވީ، އިންތިޚާބުގައި ވާދަ ނުކުރުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ޕާޓީން، މި އިންތިޚާބު، އެބަ ކާމިޔާބު ކުރަންޖެހޭ، ސިޔާސީ ޕާޓީއަކަށް ލިބޭ އެންމެ ބޮޑު ބާރަކީ އިންތިޚާބަށް ނުކުތުން، އެއަށްވުރެ ބޮޑު ބާރެއް ސިޔާސީ ޕާޓީއަކަށް ނުލިބޭނެ."

ނާޒިމް އިތުރަށް ވިދާޅުވީ، ޕީޕީއެމުން އިންތިޚާބު ބޮއިކޮޓް ކޮށްފިނަމަ، އެކަން ކުރާ ދުވަހުން ފެށިގެން، ސިޔާސީ އެހެން ފަރާާތްތަކުން ފައިސާގެ އަދަދުތައް ވެސް ހުށަހަޅަމުންދާނެ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމުގެ މަޝްވަރާތައް ފެށިއިރު، ޕީއެންސީގެ ރިޔާސީ ޓިކެޓު، ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ދީފައެވެ.

 

Ads by Allied Insurance
  1. ސުން

    މުއިއްޒު ނެރެންވީ.އަހަރުމެންގެ ސަޕޯޓް މުއިއްޒުއަށް.