އަނިޔާވެރިކަމާ ދުރުވެ, ޑިމޮކްރެޓިކް އުސޫލުތައް އިސްކުރައްވާ: މާރިޔާ
![](https://dhen.mv/wp-content/uploads/2023/08/b99e799f-9520-494f-9f37-ecb728494ffa.png-850x548.webp)
ގދ މަޑަވެއްޔަށް އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެ ރަށުގައި ކެމްޕޭނު ޖަލްސާ ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ތަނުގައި ބަޔަކުރޯކޮށްލިމައްސަލަ ބެލުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ފުލުހުންނަށް ގޮވާލައްވައިފިއެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމުން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
މިނިސްޓަރ މާރިޔާގެ އިތުރުން އެމްޑީޕީގެ އެކި ފަރާތްތަކުންވެސް އެކަން ކުށްވެރި ކުރައްވަމުން ގެންދަވާއިރު، މިނިސްޓަރ ވަނީ މިކަން ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށްވެސް ގޮވާލައްވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޙާދިސާ ހިނގުމާއެކު ފުލުހުންވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. އަދި ފުލުހުން ގެންދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިނިސްޓަރ ވަނީ އަނިޔާވެރިކަން އިސްނުކޮށް، ޑިމޮކްރަޓިކް ހަމަތަކުގެ މަތިން، އަދި ޤާނޫނުއަސާސީގައިވާ ގޮތަށް ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށްވެސް ގޮވާލައްވާފައެވެ.