ޚަބަރު ސިޔާސީ

މާތް ތިން ނަންފުޅުން ނަން ދިން އިރުވެސް، ރައީސް ޞާލިޙުގެ ކިބައިން އެކަން ނުފެނޭ: ސަލީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާތް ތިން ނަމުން ނަން ދިންއިރު ވެސް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާާތްޕުޅުން އެފަދަ ކަމެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބ.އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް(ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަލީމް މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރައީސް ޞާލިޙުގެ ނަންފުޅުގައި ހިމެނޭ ތިން ނަމަކީ ވެސް ރަސޫލު ބޭކަލުންގެ ނަންފުޅު ކަމަށާއި، ނަމަވެސް ރައީސް ޞާލިޙުގެ ނަންފުޅާއި ޢަމަލުފުޅުތައް ދިމާ ނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހެން ސިޔާސީ ޕާޓީތައް ރޫޅިގެން ދިޔައިރު ވެސް، ޕީޕީއެމް-ޕީއެންސީއަށް އެގޮތް ދިމާ ނުވާ ކަމަށާއި، އެކަމުގެ ޝުކުރު ޙައްޤު ވަނީ އެ ކޯލިޝަނުގެ ލީޑަރޝިޕާއި އާންމު މެމްބަރުންނަށް ކަމަށެވެ.

ސަލީމް ވަނީ މުޢިއްޒު މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ، އެންމެން އޭނާގެ ފަހަތަށް އެރުމަށް ގޮވައިލައްވައިފައެވެ.

މުޢިއްޒު އަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ނަންފުޅުގެ ކުރިއަށް ޑރގެ ލަޤަބު ލިބިވަޑައިގެން ހުންނެވި އެހެން ކެންޑިޑޭޓެއް ރިޔާސީ ިއިންތިޚާބުގައި ވާދަ ނުކުރައްވާ ކަމަށެވެ.

Ads by Allied Insurance
  1. އަސްލުގައި ޔަސް އެމާތް ތިން ނަންފުޅުގެ އަސަރެއް ހަމަ ނުފެނުނު !

  2. ކޯލިޝަން

    ކުޅިބޯކިބަލެއް ފަޅާފަ އެއްފަޅީގަ ފޮނި ބޯކިބާ އަނެއްފަޅީގަ ކުޅި ބޯކިބާ ޖެހިޔަސް ހަމަ އެއި އެކައްޗެއް އެއް މޮޑުމެއް އެއް ފުއްގަޑެއް… ސަލީމް ވިސްނަވާ