ޚަބަރު

ރާއްޖޭގެ ސަރަހައްދުން ލަންކާގެ ބޯޓެއް ހިފަހައްޓައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

Ads by STELCO

ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ވިދާޅުވީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މަސް ބޯޓުގައި ހަތް މީހުން ތިއްބެވެ.

ހއ.ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުގައި މި ބޯޓު މަސްވެރިކަން ކުރަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10'' ދޯނިންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދާފައިވާ ކަމަށާއި، މި ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ދަނީ ކުރަމުން ކަމުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!