ޚަބަރު

ރިއާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިއާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ނެރެފިއެވެ.

Ads by MWSC

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އޮފިޝަލުން ހިމެނޭހެން 6،772 މުވައްޒަފުން މަސައްކަތް ކުރާނެކަމަށް އީސީ އިން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)، ޑރ. މުހައްމަދު މުޢިއްޒު / ޙުސެއިން މުހައްމަދު ލަޠީފް (ޕީއެންސީ)، ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)، މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަޞީރު (އެމްއެންޕީ)، އިލްޔާސް ލަބީބް / ހުސެއިން ޢަމްރު (ދަ ޑިމޮކްރެޓްސް) އަޙްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްޞައްތާރު ޔޫސުފް، އުމަރު ނަސީރު / މުހައްމަދު ސަލީމް އަދި ޙަސަން ޒަމީލް / މަރިޔަމް ޢަލީމް އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!