ޚަބަރު

މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާނެއެވެ.

Ads by STELCO

މާދަމާ ހެނދުނު 9:00ގައި ފަށާ ޖަލްސާ އަށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމިޓީތަކުގެ މައްސަލަ އަނެއްކާވެސް އެޖެންޑާ ކޮށްފައިވާއިރު މީގެ ކުރިން، ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ 62 އިންސައްތަ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބޭގޮތަށް ފާސްކޮށްފައެވެ.

އެހެންނަމަވެސް އޭގެފަހުން ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް، އެޕާޓީއަށް މަޖިލީހުގެ މެންބަރުން ވަނީ ސޮއި ކޮށްފައެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަކަށެވެ.

އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.

ދެވަނަ ދައުރު މޭ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާއިރު، ތިންވަނަ ދައުރު އޮގަސްޓް މަހު 16 އިން ނޮވެމްނަރު މަހުގެ ނިޔަލަށް ހިނގާނެކަމަށް މަޖިލިސް ޤަވާއިދުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!