އެމްޑީޕީން ހާއްސަ އިވެންޓެއް މާދަމާ ރޭ ބާއްވަނީ
![](https://dhen.mv/wp-content/uploads/2023/08/8cbae181-70ea-4ab5-b246-29b8cd474859-850x548.webp)
ވެރިކަން ކުރާ އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބަށް ހުށަހަޅާ އިގުތިސޯދީ ސިޔާސަތު ހާމަކުރުމުގެ ގޮތުން މާދަމާ ރޭ ތަފާތު ކެމްޕޭން ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން ބުނީ މާދަމާ ރޭގެ ހަރަކާތުގެ ތެރެއިން އެޕާޓީން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހުބައި ކަމަށްވާ "އިގްތިސާދީ މެނިފެސްޓޯ" ހުށަހެޅުން އޮންނާނެ ކަމަށެވެ.
އަދި މާދަމާ ރޭ 8:00 ގައި މާފަންނު ސޯޝަލް ސެންޓަރުގައި ބާއްވާ މި ޙަރަކާތަކީ އެމްޑީޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއް ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.
މި އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ރަނިންގ މޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިހާރު ވަނީ ފަށާފައެވެ.