ދުނިޔެ

އިންޑިއާގައި ފުރަތަމަ ފަހަރަށް ޑެންގީ ވެކްސިން އުފައްދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެކްސިން އުފައްދާ ކުންފުނި އިންޑިއަން އިމިއުނޮލޮޖިކަލްސް ލިމިޓެޑް (އައިއައިއެލް) އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ކުރީކޮޅު ޑެންގީ ހުން ޖެހޭ ވެކްސިން ވިޔަފާރީގެ ގޮތުން ތައާރަފް ކުރާނެ ކަމަށް އެ ގައުމުގެ އިސް އެގްޒެކެޓިވް އަކު ބުނެފި އެވެ.

Ads by Sosun Fihaara

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުގައިވާ ޑެންގީ އަކީ ފާއިތުވި އަހަރުތަކުގައި އިންޑިއާގައި އާންމު ސިއްހަތުގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން 31،464 މީހުން ޕޮޒިޓިވްވެ، 36 މީހަކު ވަނީ މަރުވެފަ އެވެ.

މި ބަލިމަޑުކަމުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާއިރު، 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 333 އިންސައްތަ އިތުރުވެ، 2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ކޭސްތައް 21 އިންސައްތަ އިތުރުވެފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ވެކްޓަރ ބޯން ޑިޒީޒް ކޮންޓްރޯލްއިން ބުނެއެވެ.

އައިއައިއެލްގެ މެނޭޖިން ޑިރެކްޓަރު ކޭ އާނަންދު ކުމާރު ވިދާޅުވީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 90 މީހެއްގެ ހަށިގަނޑުގައި ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓްރަޔަލްތަކުން އެއްވެސް ނޭދެވޭ އަސަރެއް ނުފެންނަ ކަމަށެވެ.

"ފޭސް އެކެއްގެ ޓްރަޔަލްތައް ނިންމައި، ކުރިއަށް އޮތް ހަރުފަތަކަށް ދާނަން. މި ހުރިހާ ކަމަކަށް ވެސް މަދުވެގެން ދެތިން އަހަރު ނަގާނެ އެވެ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ޖެނުއަރީ 2026 ގައި ވެކްސިން ވިޔަފާރީގެ ގޮތުން ލޯންޗް ކުރަން،" ކުމާރު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!