ދުނިޔެ

އާރްސީއީޕީ ޓްރޭޑް ބްލޮކްގައި ބައިވެރިވުމުގެ މިނިވަންކަން އިންޑިއާ އަށް އެބައޮތް: ޗައިނާ މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް (އާރްސީއީޕީ) ގައި ބައިވެރިވުމުގެ މިނިވަންކަން އިންޑިއާއަށް އެބައޮތް ކަމަށް ޗައިނާގެ ވައިސް ކޮމާސް މިނިސްޓަރު ވަންގް ޝައުވެން ހުކުރު ދުވަހު ނިއު ދިއްލީގައި ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އާރްސީއީޕީ އަކީ ޗައިނާގެ އެހީތެރިކަމާއެކު ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރީގެ ބްލޮކާއި އޭޝިއާ ޕެސިފިކްގެ 15 އިގްތިސާދު ހިމެނޭ ގްރޫޕްތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޖަޕާން، ނިއުޒީލެންޑް އަދި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގެ 10 މެމްބަރު ގައުމު ހިމެނެ އެވެ.

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ދެ އަވަށްޓެރި ގައުމުގެ ގުޅުން ހީނަރުވެފައި މިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ހުޅަނގު ހިމަލަޔާގެ ލަޑާކްގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 މީހުންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވުމާ ގުޅިގެންނެވެ.

ޖީ-20 ގެ މެމްބަރު ގައުމުތަކުގެ "ބިޒްނަސް 20 ސަމިޓް" ގައި ވާހަކަ ދައްކަވަމުން ޝައުވެން ވިދާޅުވީ އާރްސީއީޕީގައި ބައިވެރިވޭތޯ ނުވަތަ ނޫންތޯ އެއީ އިންޑިއާގެ ނިންމުމެއް ކަމަށާއި އެ ދޮރު "އަބަދުވެސް ހުޅުވިފައިވާ" ކަމަށެވެ.

މި މަޝްވަރާގެ ރިޔާސަތު ބެލެހެއްޓެވި އިންޑިއާގެ ޓްރޭޑް މިނިސްޓަރު ޕިއުޝް ގޯޔަލް ވިދާޅުވީ އިންޑިއާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަރަމުން އަންނަ ކަމަށާއި ނަމަވެސް ޗައިނާގެ ހައްގުގައި ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހަފުތާގައި ޖޮހަނެސްބާގްގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ހަވާސާގައި ބޯޑަރުގެ މައްސަލަތައް ހައްލު ނުކުރެވި އޮތުމުން އިންޑިއާގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވާހަކަ ދައްކަވާފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ ޑިސްއެންގޭޖްކޮށް، ހަމަނުޖެހުން ތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށެވެ.

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ޒިންހުއާ އިން ބުނި ގޮތުގައި ޗައިނާ-އިންޑިއާ ގުޅުން ރަނގަޅު ކުރުމަކީ ދެ ގައުމުގެ މަސްލަހަތު ފުއްދައިދޭ ކަމެއް ކަމަށާއި އެއީ ސުލްހަ އާއި ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާ ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމަކީ މޯދީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!