ދުނިޔެ

ޓައިވާނުގެ ސަރަހައްދުގައި ޗައިނާގެ ޑްރޯން އުޅޭ ކަމުގެ ޝަކުވާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހުގެ ހެނދުނު ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ ވައިގެ ސިފައިންގެ 20 މަތިންދާބޯޓެއް އެ ރަށުގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ޓައިވާންގެ ޕެސިފިކް އިރުމަތީ އައްސޭރިފަށުގައި ދަތުރުކުރި ކޮމްބެޓް ޑްރޯން ވެސް ހިމެނޭ ކަމަށެވެ.

Ads by Sosun Fihaara

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނުގައި ޗައިނާގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ބުނާ ޓައިވާނުން ވަނީ ބެއިޖިންގެ އަސްކަރީ ޕްރެޝަރު ތިން އަހަރު ވަންދެން އިތުރުވެފައިވާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން އެއް ދުވަހުގެ ޑްރިލްތަކެއް ބާއްވައި، މި މަހު އެމެރިކާގައި ކުރު ސްޓޮޕް އޯވަރުތަކެއް ބޭއްވުމަށް ފަހު، ނައިބު ރައީސް ވިލިއަމް ލައި އެކަމާ ރުޅިގަދަވެފަ އެވެ.

ހުކުރު ދުވަހު ޗައިނާގެ ހަރަކާތާ ގުޅޭ އިތުރު ތަފްސީލް ދެއްވަމުން ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ އެ މަތިންދާބޯޓުގައި އެސްޔޫ-30 އާއި ޖޭ-10 މަރުކާގެ މަތިންދާ ބޯޓުތަކާއި އެންޓި ސަބްމެރިން މަތިންދާ ބޯޓުތައް ހިމެނޭ ކަމަށެވެ.

ޗައިނާގެ ދިފާއީ ވުޒާރާގެ ބަހެއް ހޯދުމަށް ހޮނިހިރު ދުވަހު ގުޅުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ޓައިވާންގެ ވުޒާރާއިން އާންމުކޮށްފައިވާ މެޕެއްގައި ވާގޮތުން ބައެއް ހަނގުރާމަވެރިންނާއި ޑްރޯންތައް ވަނީ ޓައިވާން ކަނޑުއޮޅިގެ މީޑިއަން ލައިން ހުރަސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!