ޚަބަރު

ކޮވިޑް-19: ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަ ފުލޫ ކްލިނިކެއް ހުޅުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަކޮށް ފުލޫ ކްލިނިކެއް ހުޅުވައިފި އެވެ.

Ads by STELCO

ކޮވިޑް-19 އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ހުޅުވި ޓްރެވަލް ކްލިނިކް ގެ އިތުރުން، ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަ ފްލޫ ކްލިނިކް އެއް ހުޅުވައިފި ކަމަށެވެ.

މި ކްލިނިކް، ހެނދުނު 2:00 އިން ރޭގަނޑު 10:00 އަކަށް ހިދުމަތް ދޭއިރު އެތަނަށް ދާ ބިދޭސީންގެ އައިޑެންޓިފިކޭޝަން އެއް އަދި ވޯކް ޕާމިޓެއްް ބޭނުމެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިއަދު މާލޭގައި ވެސް ވަނީ ދެ ކްލިނިކެއް ހުޅުވާފަ އެވެ. އެގޮތުން ސެނެހިޔާގެ ތެރޭގައި ހުޅުވި ފްލޫ ކްލިނިކަކީ އެއްވެސް ދަތުރެއް ނުކޮށް ރޯގާގެ އަލާމާތް ފެންނަނަމަ ދެއްކުމަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ. އަދި ދެވަނަ ކްލިން ހުޅުވާފައި ވަނީ މާލޭ ހިޔާ ކައިރީގަ އެވެ. އެގޮތުން މިތަން ހާއްސަކުރެވިފައި ވަނީ ދަތުރުކުރި މީޙުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ ފަރާތްތަކަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!