ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރި ފަރާާތް ހޯދަނީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވީ، ހުޅުމާލެ ފޭސް 2 ޕެޓްރޯލް ޝެޑްކައިރިން 2023 އެޕްރީލް 23 ވަނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިންޖީނު ނަމްބަރ: JF62E-0237387 ޒޫމާ (ރަތްކުލަ) ސައިކަލުގެ ވެރިފަރާތް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އަދި މި ސައިކަލުގެ ވެރިފަރާތް ހޯދުމަށް މިހައިތަނަށް ކުރި މަސައްކަތުން ވެރިފަރާތް ހޯދިފައެއް ނުވާ ކަމަށެވެ.
މި ސައިކަލަކީ ރަޖިސްޓްރީނުކޮށް ދުއްވާ ސައިކަލެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މި ސައިކަލުގެ ވެރިފަރާތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަންގެ ނަމްބަރ 9393351 އަށް ގުޅުއްވައި، ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.