ޗައިނާއިން ޓައިވާންގެ ކައިރީގައި ގެންގުޅޭ ޑްރޯންތައް ޖަޕާނުން މޮނިޓާ ކުރަނީ
ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ އެގައުމުގެ ހުޅަނގު ދެކުނު އޮކިނާވާ އައިލެންޑާއި ޓައިވާން ކައިރިން ޗައިނާގެ ވައިގެ ސިފައިންގެ ބޮން ގޮއްވާލުމާއި ޑްރޯންތައް މޮނިޓާ ކުރުމަށް ޖެޓް ފައިޓަރުން ސްކްރެމްބްލް ކޮށްފައިވާ ކަމަށެވެ.
ޖަޕާނުގެ ހުޅަނގު ދެކުނުގެ އޮކިނާވާ އާއި އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދާއި ޕެސިފިކް ސަރަހައްދު ގުޅުވައިދޭ މިއާކޯ އައިލެންޑްސް އާ ދެމެދު އޮންނަ ކަނޑުއޮޅިން ޗައިނާގެ އެޗް-6 މަރުކާގެ ދެ ބޮން ގޮއްވާލި މަންޒަރު ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޮކިނާވާއަކީ އޭޝިއާ ޕެސިފިކްގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒާއި ޖަޕާނުގެ މަރުކަޒާއި ޓައިވާނަށް ނުވަތަ ކައިރި ޖަޕާނުގެ ޖަޒީރާ ރަށްތަކަށް ޗައިނާއިން ހަމަލާދިނުން ހުއްޓުވުމަށް އެމެރިކާގެ ދިފާއީ ބާރުތައް ވަރުގަދަކުރާ ސަރަހައްދެކެވެ.
އަދި ޖަޕާނުގެ އެންމެ ހުޅަނގުގެ ޔޮނަގުނީ އައިލެންޑާއި ޓައިވާނާ ދެމެދު ޗައިނާގެ އަސްކަރީ ޑްރޯނަކާއި ޗައިނާގެ އެހެން ޑްރޯނެއް ވެސް ދުވާލުގެ ވަގުތުގައި އުދުހެމުންދާތަން ފެނިފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖަޕާނުން ވަނީ ޑްރޯންތަކުގެ ފަހަތުން އެގައުމުގެ އެއާ ސެލްފް ޑިފެންސް ފޯސްގެ ޖެޓް ފައިޓާ ފޮނުވައި، އެންމެ ފަހުން ޗައިނާގެ މެއިންލޭންޑާ ދިމާލަށް އެނބުރިފަ އެވެ.
ޓައިވާނުގެ ދިފާއީ ވުޒާރާއިން މިދިޔަ ހުކުރު ދުވަހު ވަނީ އެ ރަށުގެ ވަށައިގެން ޗައިނާގެ އަސްކަރީ ހަރަކާތްތައް އާކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.