ކެނެޑާގެ ސަލާމަތާއި ތަނަވަސްކަމަށް ނުރައްކާވާނެ ސައިބަރ ހަމަލާތަކެއް
އޯގަނައިޒްޑް ސައިބަރ ކްރައިމްގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކެނެޑާގެ ގައުމީ ސަލާމަތާއި އިގްތިސާދީ ކުރިއެރުމަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނޭޝަނަލް ސިގްނަލް އިންޓެލިޖެންސް އެޖެންސީން ބުނެފި އެވެ.
ކޮމިއުނިކޭޝަންސް ސެކިއުރިޓީ އެސްޓަބްލިޝްމަންޓް (ސީއެސްއީ) އިން ނެރުނު ރިޕޯޓެއްގައި ވަނީ ރަޝިއާ އާއި އީރާނަކީ ހުޅަނގުގެ އަމާޒުތަކާ ދެކޮޅަށް ކުށްވެރިންނަށް މަސައްކަތް ކުރެވޭނެ ސައިބާ ކްރައިމް ސޭފް ހެވަންތަކެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ހޮސްޕިޓަލްތަކާއި ޕައިޕްލައިންފަދަ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކަށް ރޭންސަމްވެއާގެ ހަމަލާތައް ދިނުމަކީ ވަކިން ހާއްސަކޮށް ފައިދާ ހުރި ހަމަލާތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ސައިބާ ކުށްވެރިންގެ ފަރާތުން އެމީހުންގެ ވިޔަފާރީގެ މޮޑެލް އިނޮވޭޓް ކުރުމުގެ ގާބިލުކަން އަދިވެސް ފެންނަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީއާ އެއްވަރުގެ ސީއެސްއީ އިން ބުނީ އޯގަނައިޒްޑް ސައިބާ ކްރައިމްގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކެނެޑާގެ ގައުމީ ސަލާމަތާއި އިގްތިސާދީ ކުރިއެރުމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
"ރެންސަމްވެއާ އަކީ ގާތްގަނޑަކަށް ޔަގީނުން ވެސް ކެނެޑާއަށް ކުރިމަތިވެފައިވާ ސައިބަރ ކްރައިމްގެ އެންމެ ހަލަބޮލި ވައްތަރެވެ.
ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ކެނެޑާގައި 70،878 ސައިބާ ފްރޯޑްގެ ރިޕޯޓްކޮށްފައިވާ އިރު، 530 މިލިއަނަށް ވުރެ ގިނަ ސީ ޑޮލަރު (390 މިލިއަން ޑޮލަރު) ވަގަށް ނަގާފައިވެ އެވެ.
ނަމަވެސް ކެނެޑާގެ ނޭޝަނަލް ސައިބަރ ކްރައިމް ކޯޑިނޭޝަން ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ކްރިސް ލިނަމް ވިދާޅުވީ ކުށްތައް ރިޕޯޓްކޮށްފައި ވަނީ ވަރަށް މަދުން ކަމަށާއި މިދިޔަ އަހަރު ވަގަށް ނެގި ހަގީގީ އަދަދަކީ ފަސޭހައިން ފަސް ބިލިއަން ޑޮލަރު ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެދާނެ ކަމަށެވެ.
"ކޮންމެ ދާއިރާއަކަށް ވެސް ޓާގެޓް ކުރަނީ ހުރިހާ ބާވަތެއްގެ ވިޔަފާރިތަކާ އެކު... ހަގީގަތުގައި ވެސް ރައްޔިތުން އެބަޖެހޭ މިކަން ސީރިއަސްކޮށް ނަގަނީތޯ ބަލަން،" ބްރީފިންގައި އޭނާ ވިދާޅުވި އެވެ.