ޚަބަރު ސިޔާސީ

ރ. އަތޮޅުގައި މަދުވެގެން 10 ވަރަކަށް ރިސޯޓު އަލަށް ތަރައްގީކޮށްދޭނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އަތޮޅުގައި މަދުވެގެން 10 ވަރަކަށް ރިސޯޓު އަލަށް ތަރައްގީކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ރ. އިނގުރާދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީ ގެންނައިރު އަލިފުށީގެ އިތުރުން މި ސަރަހައްދުގައި އިތުރު އެއާޕޯޓެއް ވެސް އޮންނަންޖެހޭ ކަމަށެވެ.

" އެހެންކަމުން ފައިނުގައި އެއާޕޯޓެއް އެޅުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް. މިއީ މި ސަރަޙައްދުގެ ފަތުރުވެރިކަމަށް އަދި ހުރިހާ ގޮތަކުން ބަލާއިރުވެސް ދެކޮޅުޖެހޭ އިންވެސްޓްމެންޓެއް" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ރ. އަތޮޅުގައި މަދުވެގެން 10 ވަރަކަށް ރިސޯޓު އަލަށް ތަރައްގީކޮށްދެއްވާނެ ކަމަށާއި މިކަމުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު ބަދަލެއް އަންނަނާނެ ކަަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ ރައްޔިތުންނަށް ފެނުމުންދާ ކަމަށާއި ނަމަވެސް ތަރައްގީގެ ގޮތުން ބަލާއިރު މި ފަސް އަހަރުގެ ތެރޭގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް ފަހަތައް ޖެހިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!