ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި
ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ސުޕޭންގެ ސެވިއްޔާއިން ހޯދައިފިއެވެ.
ސެވިއްޔާ ޔޫރޮޕާ ކާމިޔާބު ކޮށްފައިވަނީ ފައިނަލް މެޗުގައި އިންޓާ މިލާން އާއި ވާދަކޮށް 3-2 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ އިންޓަމިލާނުން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި އިންޓަމިލާނުން ލީޑު ނެގި ނަމަވެސް އޭގެ 7 މިނެޓު ފަހުން ސެވިއްޔާ އިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިގޯލް މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ސެވިއްޔާގެ ހުނަރުވެެރި ފޯވާރޑް ޑި ޖޮންގް އެވެ.
މި ގޯލަށް ފަހު ސެވިއްޔާގެ ކުޅުން ވަނީ އިތުރަށް ރަނގަޅު ކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެވިއްޔާ އިން ވަނީ ލީޑު ނަގާފައެވެ. 34 ވަނަ މިނެޓުގައި ދެވަނަ ގޯލް ޖަހާ ލީޑު ނަގައިދިނީ ވެސް ޑި ޖޮންގް އެވެ.
ފުރަތަމަ ހާފު ނިމެންދެން އެ ލީޑު ސެވިއްޔާއަށް ދެމެހެއްޓުންވީ އުނދަގޫ ކަމަކަށެވެ. ސެވިއްޔާއިން ލީޑު ނެގިތާ 2 މިނެޓު ފަހުން އަނެއްކާ ވެސް އިންޓަމިލާނުގެ ގޮޑިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށި ދެ ޓީމުން ވެސް ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސެވިއްޔާ މޮޅުވި ގޯލް ޖަހައިދިނީ އެ ޓީމުގެ ޑިއޭގޯ ކާލޯސް އެވެ. އޭނާ މި ގޯލް ކާމިޔާބު ކުރީ “އޯވާރ ހެޑް” އަކުންނެވެ.
މިއީ ޔޫއެފާ ޔޫރޮޕާ ލީގު ސެވިއްޔާ އިން ކާމިޔާބު ކުރި 6 ވަނަ ފަހަރު ކަން ފާހަގަ ކުރެވެއެވެ.