ލައިފްސްޓައިލް

ދީނަށް ފުރައްސާރަ ކުރި ނަސް އަނެއްކާ ވެސް ލޯބިވެރިޔާއާއެކު ރާއްޖޭގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަޝްހޫރު ވީލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން ނުވަތަ ނަސް ޑެއިލީގެ ވާހަކަ ދިވެހިން ހަނދާނުން ފިލައިފާނެ ހެނެއް ހިޔެއް ނުވެއެވެ. ކުރިން ކޮންމެ ދުވަހަކު އެއް މިނެޓްގެ ވީޑިއޯއެއް ނަސް ނެރެމުން ދިޔައިރު، ދިވެހި ރާއްޖެއާ ބެހޭ ގޮތުން އޭނާ ނެރުނު ވީޑިއޯގެ ސަބަބުން ގިނަ ދިވެހިންގެ ނަފުރަތު އޭނާއަށް ވަނީ ލިބިފައެވެ.

Ads by STELCO

"ކޮންމެ މީހަކަށްވެސް މިޤައުމަށް ދަތުރު ކުރެވޭނެ" ނަމުގައި ނަސްގެ ލޯބިވެރިޔާ އަލީ ތަމި ނުވަތަ ޑިޔަރ އަލީން މިވަނީ އަނެއްކާވެސް ވީޑިއޯއެއް ހަދާފައެވެ. ރާއްޖެއަށް ނަސް އަދި އަލީން ކުރި ދަތުރުގެ ވީޑިއޯއެއް ނަސް އަދި މިހާތަނަށް އާއްމުކޮށްފައެއް ނުވެއެވެ.

އަލީންގެ ވީޑިއޯގައި އޭނާވަނީ، ދިވެހި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލި ވާހަކަ މުޅި ދުނިޔެއާ ހިއްސާކޮށްފައެވެ. އެވީޑިއޯ މިހާތަނަށް މިލިނަޔަކާ ގާތް ކުރާ ވަރަށް މީހުން ބަލާފައިވާއިރު، ވީޑިއޯގައި އަލީން ވަނީ ރާއްޖެ އަށް ދަތުރު ކުރުން، ރައްކާތެރި ކަމަށް ބުނެފައެވެ. މިގޮތުން އަލީން ބުނެފައިވަނީ، ރާއްޖެއަކީ ވަކި ކުދި ރަށްތަކަށް އުފެދިފައިވާ ޤައުމެއް ކަމުން، ރިސޯޓް ތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން ފަސޭހަ ކަމަށެވެ، އަދި ހެދިފައިވާ ޤަވާޢިދު ތަކަށް ބޯލަބާނަމަ، ކަރަންޓީން ވުމަކާ ނުލާ ރާއްޖެއަށް ދަތުރު ކުރެވޭ ކަަމަށާއި އަދި މިއީ އެންމެ ހެޔޮ އަގުގައި ދަތުރު ކުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ކަމަށްވެސް އޭނާގެ ވީޑިއޯގައި ބުނެފައިވެއެވެ. އެވީޑިއޯގައި އެލީން އިތުރަށް ބުނީ، ރާއްޖޭގެ އިޤްތިޞާދުގެ 90 އިންސައްތަ އަދާ ކުރަނީ ޓޫރިޒަމް ކަމަށާއި މިހެންކަމުން ރާއްޖެއަށް ފަތުރުވެރި ކަމަކީ މުހިންމު ކަމެއް ކަމަށެވެ.

އެލީންގެ މިވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ރާއްޖޭގައި ހޭދަ ކުރި ދުވަސްވަރު، ނަސް ގެ ވީޑިއޯއެއް ނެތުމުން ގިނަ ބަޔަކު އެކަމާ ދަނީ ސުވާލު އުފައްދަމުންނެވެ.

ދިވެހިންގެ ގިނަ ބައެއްގެ ސަމާލުކަން ނަސްއަށް ހުއްޓުނީ އޭނާ ރާއްޖެއަށް އައިސް ރާއްޖޭގެ ހާލަތު ކަމަށް ބުނެ އާއްމު ކުރި ވީޑިއޯ އަކާ ގުޅިގެންނެވެ. ރާއްޖޭގައި ނަސް ހެދި އެ ވީޑިއޯއިން ދައްކައިދެނީ ބުރުގާ އަޅާ އަންހެން ކުއްޖަކު ބުރުގާ ނަގަން ބޭނުންވެ، އެކަމަކު މުޖުތަމަޢު އެކަމަށް ހުރަސް އަޅާތީ އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކައެވެ. ނަސްގެ ވީޑިއޯގައި މިފަދަ ގޮތަކަށް މިކަން ސިފަ ކޮށްފައި އޮތް ނަމަވެސް ރާއްޖޭގައި ބުރުގާ އަޅާ އަންހެނުން ބުރުގާ ނަގާކަން މަދުން ނަމަވެސް ފާހަގަ ކޮށްލެވެއެވެ.

ނަސްގެ މިވީޑިއޯއާއެކު ގިނަ ބައެއްގެ ނަފްރަތު ނަސްއަށް އަމާޒުވެގެން ދިޔައެވެ. އިސްލާމެއް ކަމަށް ބުނެ މީގެ ކުރިން ވެސް އިސްލާމް ދީނަށް މަލާމާތް ކޮށްފައިވާ ނަސްގެ މިވީޑިއޯއަށް ގިނަ ދިވެހިން ފާޑު ކިޔަން ފެށުމާއިއެކު ނަސްވަނީ ދިވެހިންނަށް އޭނާގެ ފޭސްބުކް ޕޭޖްއަށް ނުވަދެވޭ ގޮތް ހަދާފައެވެ. ނަސް އޭރު ބުނީ މިގޮތަށް ކަންތައް ކުރީ އެވީޑިއޯއިން ފެންނަ ކުއްޖާއަށް ޓަކައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!