ޚަބަރު

ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ދަބަހެއް، އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ދެން އެމްވީ ، ދެން އޮންލައިން

ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ދަބަހެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

Ads by Hajj Corporation

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ސަރަހައްދުން ފެނިފައިވަނީ ރަތް ކުލައިގެ ފޮއްޓެއް ކަމަށާއި މި ފޮށި އޮތީ ޑަސްބިނެއްގެ ކައިރީގައި ކަމަށެވެ.

އަދި މި ސަރަހައްދަކީ ރައްޔިތުންގެ ގިނަ ބަޔަކު ޖަމާވާ ސަރަހައްދެއް ކަމުން، މިފަދަ އެއްޗެއް ފެނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"މި ފޮށި އިތުރަށް ބެލުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން" އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން ބަލާ ފާސްކުރި އިރު އެ ދަބަހުގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ފޮށި ބަލައިފާސްކުރުމަށް ސިފައިން ހަރަކާތްތެރިވެފައިވަނީ ސަލާމަތީ ގޮތުން ސިފައިން ބޭނުންކުރާ ގިޔަރު ބޭނުންކޮށްގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!