ޚަބަރު

އެސްޓްރަޒެނެކާގެ ބޭސް އެސްޓީއޯއިން އެތެރެކުރަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، އަދި ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލަޔާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

Ads by Hajj Corporation

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، އަދި ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލަޔަރު، އެސްޓީއޯ އިން އެސްޓްރަޒެނިކާގެ މި އުފެއްދުންތައް ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގައެވެ.

އެކަން އިއުލާނުކުރުމަށް ކުރުނބާ މޯލްޑިވްސްގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އާއި އެސްޓްރަޒެނިކާގެ ބިޒްނަސް މެނޭޖަރު އަބިޝެކް ކައުޝިކްގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފާހަގަކޮއްލެވޭ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެސްޓީއޯއިން ބުނީ ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ބޭސް ގެނައުމަކީ ހަރަދު ކުޑަކޮށް ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ ބޭސް ހުސްނުވެ، ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިދޭ ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!