ޚަބަރު

ރަށްރަށުން އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށް އެދޭތީ، މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކ.ގާފަރުގެ ބަނދަރު ތަރައްޤީ ކޮށްދީ، ބޮޑު ކޮށްދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ ކެމްޕެއިނުގައި ކ.ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވައި، މުއިއްޒު ވަނީ، ގާފަރަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި، އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ރަށުގެ ބަނދަރު ބޮޑުކޮށްދެވޭނެ މިންވަރަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މުއިއްޒު ވަނީ ރަށްރަށުން، އަސާސީ ކަންކަން ވެސް ސަރުކާރުން ކޮށްނުދޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖު ކުރުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މުހިންމުކަން ރައްޔިތުން ފާހަގަކުރާ ކަމަށް ވިދާޅުވިއެވެ.

"މި ރަށުގައި ވެސް އެބައޮތް، އެކަންކަން ފާހަގަކުރައްވާފަ، ރަށް ގިރުން ހައްލު ކޮށްދޭން އެދިފައި އެބައޮތް، ކުނި މެނޭޖް ކުރާނެ ވާހަކަ އެބައޮތް، އަޅުގަނޑަކަށް ނޭނގެ ސަރުކާރުން ކުރީ ކޮންކަމެއް ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވަނީ، ގާފަރުގެ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކޮށްދެއްވާނެ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!