ޚަބަރު

ގޮންޖެހުންތަކާއިއެކު، މުޢިއްޒު ރައްޔިތުންގެ އިތުބާރު ހޯދައިފި: ޝަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެތައް ގޮންޖެހުންތަކާއި އެކުގައި ވެސް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން މުއިއްޒުއަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، އެކަން ފާހަގަކުރައްވައި، ޝަހީމް ވިދާޅުވީ ނުފޫޒާއި، އެންޓި ކެމްޕޭނާއި، ފައިސާއާއި ބޭރުގެ ނުފޫސާއި މިފަދަ އެތައް ދާއިރާއަކުން ގޮންޖެހުންތައް ހުރި އިރުވެސް އެހެން އެއްވެސް ކެންޑިޑޭޓަކަށް ޑރ މުޢިއްޒު ދެރަ ބަހެއް ވިދާޅުނުވާ ކަމަށެވެ.

އަދި އެމަނިކުފާނަށް، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިއްހެ ބޭއްވި ރިޔާސީ އިންތިޚާބުގައި މުއިއްޒަށް 100،322 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލާން ނުކުތް މީހުންގެ 45.1 ޕަސެންޓެވެ. ދެ ވަނައަށް ވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 85،045 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!