ޚަބަރު

އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ބުނެދެނީ ރައީސް ޔާމީން ޖަލުގައި ބާއްވަން ބޭނުމެއް ނޫނޭ: ޠަލާލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ބުނެދެނީ، އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި ބާއްވަން ރައްޔިތުން ބޭނުން ނުވާ ވާހަކަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މުޙައްމަދު ޠަލާާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި ގުޅޭގޮތުން، މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކައިގައެވެ.

"އަޅުގަނޑު ހަމަ މިހާރުން މިހާރަށް ވެސް، އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، އެމަނިކުފާނުގެ ސަރުކާރަށް ގޮވާލަން، ރައީސް ޔާމީނަށް ޙައްޤު ނޫން ގޮތުގައި ދެމުން ގެންދާ އަނިޔާ، މިހާރުން މިހާރަށް ހުއްޓައިލައި، އަދި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް." ޠަލާލް ވިދާޅުވިއެވެ.

ޠަލާލު އިތުރަށް ވިދާޅުވީ، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށްދާއިރު، ކެމްޕެއިން ޓީމުތަކުގެ މަސައްކަތް އިތުރު ގިޔަރަކަށް ޖައްސައި، ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

އަދި އެމްއެންޕީ އާއިއެކުގައި ކޯލިޝަން ހަދައިފައިވާއިރު، އިތުރު ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. ދާސް

    މިރާއްޖެއަށް ރައީސަކު ޢައްޔަން ކުރަން މިއުޅެނީ ޔާމީނު ޖަލުން ނެރެންކަން އަދިކިރިޔާ މިއެނގުނީ. ރައްޔިތުންނަށް ޚިދުމަތްކުރާކަށް ނޫން.

  2. ސަރަގު

    ކަލޭ ތިހެން ނުބުނެގެން ޔާމީން ޖަލުން މިނިވަން ނުވެފަ އޮތީ. ތިކަން ވަރަށް ބާރަށް ކުރިޔަށް އެބަދޭ. މާލަސްވީނޯންތޯ؟ މިއީ ކޮންތަނަކުން ނިކުމެގެން އަިސް އުޅޭ ބީތާތަކެއްތަ. މިރާއްޖެގޭ ރައްޔިތަކު ދަންނަބައެއްވެސް ނޫން.