ޚަބަރު ސިޔާސީ

ރައީސް ޔާމީން ކަނޑައެޅުއްވި ގޮތަށް، 5600 ރުފިޔާއަށް ހިޔާ ފްލެޓްތަކުގެ އަގު ކުޑަ ކޮށްދޭނަން: މުއިއްޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. މުއިއްޒު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕޭނު ހަރަކާތުގައި ދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ނަގާނީ، ރައީސް ޔާމީނުގެ ސަރުކާރުން ނަގަން ނިންމާފައިވާ އަގު ކަމަށެވެ.

ހިޔާ ފްލެޓުތައް މަރާމާތުވެސްކޮށްނުދީ މި ސަރުކާރުން ހަވާލު ކުރުމުން ރައްޔިތުންނަށް ވަނީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ވެރިކަން ލިބިއްޖެނަމަ ރައީސް ޔާމީން ނިންމާފައިވާ ގޮތަށް ހިޔާ ފްލެޓްތަކުގެ ކުލި 5،600 ރުފިޔާއަށް ހަމަޖައްސައި ރައްޔިތުންގެ އަތުން ހިނގައިދިޔަ ޚަރަދުތަކަށް އެވްރެޖް އަގެއް ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިގޮތުން ޖުމްލަކޮށް 2 ލައްކަ ރުފިޔާ ފްލެޓަކަށް ހަމަޖައްސަވާ ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވާއިރު ޖުމްލަ 7000 ފްލެޓު ހިމެނޭ ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައި ވަނީ 8،500 ރުފިޔާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!