ދުނިޔެ

ޕުޓިންގެ ތައުރީފް ޗައިނާއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
FILE - Russian President Vladimir Putin, left, gestures while speaking to Chinese President Xi Jinping during the Shanghai Cooperation Organization (SCO) summit in Samarkand, Uzbekistan, Sept. 16, 2022. China said Friday, March 17, 2023, President Xi will visit Russia from Monday, March 20, to Wednesday, March 22, 2023, in an apparent show of support for Russian President Putin amid sharpening east-west tensions over the conflict in Ukraine. (Sergei Bobylev, Sputnik, Kremlin Pool Photo via AP, File)

ޗައިނާ ރުޅި އަރުވައިގެންނާއި، ޗައިނާއަށް ފިއްތުންތައް ކުރިމަތި ކޮށްގެން އެގައުމު ބަލިކޮށްލަން ހުޅަނގުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން ނުވާނެ ކަމަށް ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

އިތުރަށް ޕުޓިން ވިދާޅުވީ، ހުޅަނގުން ޔޫކްރައިން އަށް ދޭން އުޅޭ އެފް16 މަރުކާގެ ބޮން އަޅާ ބޯޓު ދިނުމަކީ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާނެ ކަމެއް ކަމަަށެވެ. އަދި މިހާރުވެސް ހުޅަނގުން މަދަދު ދިން ނަމަވެސް ޔޫކްރައިންގެ ރައްދު ހަމަލާތަކުން ކުރިއެއް ނުލިބޭ ކަމަށާއި އޭގެ ބަދަލުގައި ހަލާކުވެ ސުންނާފަތިވެގެން ދަނީ ޔޫކްރައިން ކަމަށެވެ.

ޕުޓިން އެހެން ވިދާޅުވި ނަމަވެސް ހުޅަނގުން މިހާރު ދަނީ ބޯޓުތައް ދޭން އެއްބަސްވެ އެފް16 ދުއްވާނެ ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތެވެ.

ޔޫކްރައިން ހަނގުރާމައިގައި ރަޝިއާގެ ގާބިލުކަމާ ބެހޭގޮތުން ޔޫކޭ އިން ބުނެފައި ވަނީ، އެގައުމުގައި ބޭނުން ކުރާ ކުރު ރާސްތާ އަދި މެދު ރާސްތާގެ މިސައިލާއި މިސައުލުން ދިފާއުވާ ނިޒާމުތައް އަލުން ބަދަލުކޮށް އެޑްވާންސް ކޮށްފައި ވާ ކަމަަށާއި އެކަމުގެ ސަބަބުން، ރަޝިއާގެ ގާބިލުކަން އެ ރޮނގުގައި އިތުރަށް ވަރުގަދަވެފައި ވާ ކަމެކެވެ. އަލަށް ގެނައި އެ ބަދަލާއެކު، ޔޫކްރައިންގެ ތެރެއިން ފޮނުވާލައި ޑްރޯން ފަދަ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ހޯދާފައި ވާ ކަމަށް ވެސް ބުނެއެވެ.

މި ފޯރަމްގައި ޕުޓިން ބައިވެރިވަޑައިގަންނަމުން ގެންދަވާއިރު، ޕުޓިން އާ ބައްދަލު ކުރައްވަން ދެކުނު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިހާރު ވަނީ ރަޝިއާ އަށް ވަޑައިގެންފައެވެ. އަސްކަރީގޮތުން ރައްކާތެރިކަމާއި ގާބިލުކަން ހިމަނާ ފަރުވާ ކޮށްފައި އޮތް ގަދީމީ ރޭލެއްގައި ކިމް ރަޝިއާ އަށް ވަޑައިގެންފައި ވާ އިރު ކުރިއަށް އޮތް 2-3 ދުވަހެއްގެ ތެރޭގައި އެ ދެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ރަޝިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ބައްދަލު ކުރައްވާނެ ތަނެއް ހާމަ ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!