ދުނިޔެ

ޖާސޫސްކުރި މައްސަލައިގައި ޗައިނާއެކު ވާހަކަ ދެއްކިތޯ ސުވާލު ކުރުމުން އެމެރިކާގެ ޖަވާބެއް ނެތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއަށް ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާލަމެންޓުގެ ރިސާޗަރަކާ ބެހޭ ގޮތުން ޗައިނާ ސަރުކާރާ ވާހަކަ ދެއްކެވިތޯ ނުވަތަ ނޫންތޯ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ވިދާޅުވެއްޖެ އެވެ.
ކްލެވާލީ ވިދާޅުވީ އޭނާ އާއި ބޮޑުވަޒީރު ވެސް ޗައިނާގެ ލީޑަރުންނާ ވާހަކަ ދެއްކެވީ ޑިމޮކްރަސީއަށް ނުފޫޒު ފޯރުވުމުގެ ވާހަކަ ކަމަށެވެ.

Ads by WAMCO

ނަމަވެސް އެ ތުހުމަތުތައް ބެއިޖިންއާ ހިއްސާ ކުރެއްވިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ސެކިއުރިޓީއާ ގުޅުން ހުރި ކަންކަމުގައި" އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.

ރިސާޗަރު ވަނީ އޭނާ އަކީ މުޅިން ކުށެއް ނެތް މީހެއް ކަމަށް ބުނެފަ އެވެ.

މިދިޔަ ހަފުތާ ބަންދުގައި މެޓްރޮޕޮލިޓަން ފުލުހުން ވަނީ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން މާޗް މަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

ބީބީސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކީ ބައިނަލްއަގްވާމީ ކަންކަމުގައި ހަރަކާތްތެރިވާ ޕާލަމެންޓްރީ ރިސާޗަރެކެވެ.

އެ އިންޓަވިއުގައި ފޮރިން ސެކްރެޓަރީ ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރިސާޗަރުގެ ވަކި މައްސަލައެއް އުފައްދަވާފައިވާ ކަން ނުވަތަ ނޫންކަން ބުނަން ނޭނގޭ ކަމަށެވެ.

ވަޒީރުންނަށް އޮތް ގޮންޖެހުމަކީ މިމައުޟޫޢުގައި ހިމޭނުން ތިބުމުން ސަރުކާރަށް އެކަމުގެ ޢަޒުމެއް ނެތްކަމަށް ބުނުމުގެ ފުރުޞަތު އެބޭފުޅުންނަށް ލިބޭތީއެވެ. އަދި އޭގެ ތެރޭގައި އަމިއްލަ ޕާޓީގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާނެ، ލީޑަޝިޕަށް ޗައިނާއާ މެދު އިތުރަށް ހަރުކަށި ވިސްނުމަށް ބާރު އަޅުއްވަމުން ގެންދަވާ ބޭފުޅުން. ޓޯރީގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޓޮރީގެ އިސް މެމްބަރުން ވަނީ ޗައިނާއަކީ "ނުރައްކަލެއް" ކަމަށް ރަސްމީކޮށް ކަނޑައެޅުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
އަމިއްލަ ޕާޓީގެ ފާޑުކިޔުންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ކްލެވާލީ ވިދާޅުވީ ޗައިނާ ނެތް ކަމަށް ދެއްކުމަކީ އިތުބާރު ކުރެވޭ ސިޔާސަތެއް ނޫން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!