ދުނިޔެ

ކޮވިޑްގެ އަސްލު ހައްލުކުރުމަށް "ފުލް އެކްސެސް" ހޯދުމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ޗައިނާއަށް ބާރު އަޅުއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ވަނީ ކޮވިޑް-19 އުފެދުނު ގޮތާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް ބެއިޖިންއަށް އިލްތިމާސް ކުރައްވައި، ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ކޭސްތައް ފެނުނުތާ ގާތްގަނޑަކަށް ހަތަރު އަހަރު ވީއިރު ވެސް ބަލިމަޑުކަން އުފެދުނު ގޮތް ސާފުނުވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ދެވަނަ ޓީމެއް ފޮނުވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

Ads by Sosun Fihaara

އަޅުގަނޑުމެން ޗައިނާއަށް ބާރު އަޅަމުން މިގެންދަނީ ފުލް އެކްސެސް ދިނުމަށް، އަދި ގައުމުތަކުގެ ބައިލެޓްރަލް ބައްދަލުވުންތަކުގައި ވެސް އެ ވާހަކަ ތައް އުފުލުމަށް އަޅުގަނޑުމެން މި ދަންނަވަނީ - [ބެއިޖިންއަށް] އެއްބާރުލުން ދިނުމަށް،" ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ނަށް މައުލޫމާތު ދިނުމަށް މިހާރުވެސް ލިޔުމުން އެދުނީ. . . އަދި އަޅުގަނޑުމެންނަށް ހުއްދަ ދީފިނަމަ ޓީމެއް ފޮނުވަން ވެސް [ތައްޔާރަށް] އެބަތިބި."

ޑަބްލިއުއެޗްއޯގެ ޗީފް މިހެން ވިދާޅުވެފައި މިވަނީ ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސިއްހީ އިދާރާތަކުން ވެކްސިން އަޕްޑޭޓް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މުޅި ދުނިޔެ މިހާރު އޮތީ ބަލިމަޑުކަމުގެ އެކިއުޓް މަރުހަލާގައި ނޫން ކަމަށް ސައިންސްވެރިން އެއްބަސްވި ނަމަވެސް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ބުނެފައި ވަނީ ގައުމުތަކުން ވަރަށް ބޮޑަށް މިއުޓޭޓްވެފައިވާ ބީއޭ.2.86 އާއި އެހެނިހެން އޮމިކްރޮން ސަބްވޭރިއަންޓްތައް ބެލެހެއްޓުން އިތުރުކުރަން ޖެހޭ ކަމަށެވެ.

އަންނަ ހަފުތާގައި ނިއުޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ދުނިޔޭގެ ލީޑަރުން ފުރަތަމަ ފަހަރަށް ޕެންޑެމިކް އަށް ތައްޔާރުވުމާ ބެހޭ ގޮތުން މަތީ ފަންތީގެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވާނެ އެވެ.

ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ޓެޑްރޯސް ވިދާޅުވީ އޭނާ ބެއިޖިންއަށް ވަޑައިގެންނެވީ ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންގެ ފުރަތަމަ ކޮވިޑް-19 މިޝަން އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމަށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ވިސްނައިދިނުމުގެ ގޮތުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!