ރަޝިއާގެ ހަކަތައަށް އޮތް ފަދައިން ޗައިނާގެ ބެޓެރީތަކަށް އީޔޫ ވެސް ޖެހިދާނެ
ޔޫރަޕިއަން ޔޫނިއަން އިން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ކުރިން ހަކަތަ ހޯދުމަށް ރަޝިއާއަށް އޮތް ފަދައިން 2030 ވަނަ އަހަރުގެ ނިޔަލަށް ލިތިއަމް-އަޔަން ބެޓެރީ އާއި ފިއުލް ސެލްތަކަށް ޗައިނާއަށް ބަރޯސާވެދާނެ ކަމަށް އީޔޫގެ ލީޑަރުންނަށް ތައްޔާރުކުރި ކަރުދާހެއްގައި ބުނެފައިވެއެވެ.
ރޮއިޓާސް އަށް ލިބިފައިވާ މި ލިޔުމަކީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ސްޕެއިންގެ ގްރަނާޑާގައި އީޔޫގެ ލީޑަރުންގެ ބައްދަލުވުމެއްގައި ޔޫރަޕްގެ އިގްތިސާދީ ސަލާމަތާ ގުޅޭ ގޮތުން ދެކެވުނު މަޝްވަރާތަކުގެ އަސާސެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ހަރުކަށިކަމާއި އިޤްތިޞާދީ ބަރުދަން އިތުރުވަމުންދާތީ ކަންބޮޑުވާ މި ބައްދަލުކުރެއްވުމުގައި ޔޫރަޕް ޗައިނާއަށް މާބޮޑަށް ބަރޯސާވުމުގެ ނުރައްކާ ކުޑަކުރުމަށާއި އެފްރިކާ އާއި ލެޓިން އެމެރިކާއަށް ޑައިވަރސިފައިކުރުމުގެ މުހިންމުކަން ކުޑަކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.
އެ ކަރުދާހުގައި ބުނެފައި ވަނީ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ކަމަށްވާ ސޯލާ ނުވަތަ ވިންޑް ފަދަ ވަސީލަތްތަކުގެ މެދުކެނޑުމެއްނެތި ބޭނުންވެފައި އޮތުމުގެ ސަބަބުން 2050 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ ކާބަން ޑައިއޮކްސައިޑް އެމިޝަންގެ އަމާޒަށް ވާސިލްވުމަށް ހަކަތަ ރައްކާކުރެވޭނެ ގޮތްތައް ޔޫރަޕަށް ބޭނުންވާނެ ކަމަށެވެ.
އީޔޫގެ ސްޕެއިންގެ ރައީސް އެކުލަވާލި ކަރުދާހުގައި ބުނެފައި ވަނީ މިކަމުގެ ސަބަބުން ލިތިއަމް އަޔަން ބެޓެރީއާއި ފިއުލް ސެލް އަދި އިލެކްޓްރޯލައިޒާއަށް އޮތް ޑިމާންޑް އުފުލިގެންދާނެ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި 10-30 ގުނައާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.