Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޤާނޫނު ތަންދޭ ވަރަކުން، ސިއްރު އެއްބަސްވުންތައް ހާމަ ކުރާަަނަން: އިދިކޮޅު

ޤާނޫނު ތަންދޭ ވަރަކުން، ސިއްރު އެއްބަސްވުންތައް ހާމަ ކުރާަަނަން: އިދިކޮޅު
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފި ނަމަ، ރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު ހެދިފައިވާ އެއްބަސްވުންތައް ޤާނޫނު ތަންދޭ މިންވަރަކުން ހާމަކުރާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މުޙައްމަދު ތަލާލު ވިދާޅުވެއްޖެއެވެ. ސަރުކާރުން އަވަށްޓެރި އިންޑިއާއާއިއެކުގައި ހަދައިފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ނުކުރަން ސަރުކާރުން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި ދިރާސާކޮށް އާންމުކުރުން ހިމެނޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމެއް ހާމަކުރައްވާނެ ކަމަށެވެ.
"އާންމުކުރުމޭ މި ދަންނަވަނީ، ގާނޫނީ ގޮތުން އެނގެންޖެހޭ ފަރާތްތަކަށް އެބަ އެނގެންޖެހޭ މިސާލަކަށް ރައްޔިތުންގެ މަޖިލީހަށްވެސް." ތަލާލު ވިދާޅުވިއެވެ.
ތަލާލު އިތުރަށް ވިދާޅުވީ، އެއްބަސްވުންތައް އާންމުކުރާނީ ޤާނޫނީ އިމުގެ މަތިން ޖާގަ ލިބޭ މިންވަރަކުން ކަމަށެވެ.    

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް