ދުނިޔެ

ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަކުރަން އިންޑިއާގެ ސަރުކާރުން ބިލެއް ހުށަނާޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ޕާލަމެންޓުގެ ތިރިގެއާއި ސްޓޭޓް ލެޖިސްލޭޓިވް އެސެމްބްލީތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަކުރަން ބިލެއް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

ބައެއް ސިޔާސީ ޕާޓީތަކުގެ ދެކޮޅުހެދުމުގެ ސަބަބުން އެތައް ޒަމާނެއް ވަންދެން އެ ހުށަހެޅުން ހުއްޓިފައި އޮތުމުން، ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއާއި ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރުހުން ހޯދަން ޖެހެ އެވެ.

އަންގާރަ ދުވަހު އެ ޕާޓީ އަލުން ދިރުވާފައި މިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މޯދީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަމުން ގެންދަވާ އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މި ބިލާ އިދިކޮޅަށް ދެކޮޅުވެރިކަން މިފަހަކަށް އައިސް ކުޑަވެފައިވާތީ އެ ބިލު މަޖިލީހުން ފާސްކުރުމުގެ ފުރުސަތު އުޖާލާވެފައިވާ ކަމަށެވެ.

"މިއީ ތާރީޚީ ވަގުތެއް، މިއީ އަޅުގަނޑުމެންނަށް ފަޚުރުވެރިވާ ވަގުތެއް. 1996 ވަނަ އަހަރު އެންމެ ފުރަތަމަ އަންހެނުންރިޒަވޭޓް ކުރުމުގެ ބިލު ހުށަހެޅުއްވި ފަހުން އެ ބިލާ ބެހޭ ގޮތުން އެތައް އަހަރެއް ވަންދެން ވަރަށް ގިނަ ވާހަކަތައް ދެކެވިފައި ވޭ،" ލޯ މިނިސްޓަރު އަރުޖުން ރާމް މެގްވާލް އެ ބިލް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހުށަހެޅުއްވުމުގެ ކުރިން އަންގާރަ ދުވަހު ޕާލަމެންޓުގައި މޯދީ ވިދާޅުވި އެވެ.

"ބިލް ފާސްކުރެވޭ ވަރުގެ އަދަދުތަކެއް ނެތުމުން އެ ހުވަފެން އޮތީ ނުފުދިފައި. މި މަތިވެރި މަސައްކަތްތަކަށް ހީވަނީ މާތްالله އަޅުގަނޑު އިޚްތިޔާރު ކުރައްވައިފިހެން،" ގައުމުގެ ތަރައްގީގެ މަސައްކަތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މި ބިލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ އިދިކޮޅު ލީޑަރު ސޯނިއާ ގާންދީ ވަނީ އެ ބިލަކީ "އަހަރެމެންގެ" ބިލެއް ކަމަށް ސިފަކުރައްވާފައެވެ.

އިންޑިޔާގައި ރަޖިސްޓްރީކޮށްފައިވާ 950 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. ނަމަވެސް ޕާލަމެންޓުގެ 15 އިންސައްތަ އާއި ސްޓޭޓްތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ގާތްގަނޑަކަށް 10 އިންސައްތައެވެ.

މެގްވާލް ވިދާޅުވީ 542 ގޮނޑި ހިމެނޭ ތިރިގޭގައި މިވަގުތު 82 އަންހެން މެމްބަރުން ތިއްބަވާ ކަމަށާއި ބިލު ފާސްވެއްޖެނަމަ އެ އަދަދު މަދުވެގެން 181 އަށް އަރާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!