ދުނިޔެ

އިންޑިއާގެ މެމްބަރުން މަޖިލީހުގެ އާ އިމާރާތަށް ބަދަލުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ޒަމާނުގެ ޕާލަމެންޓް އިމާރާތަކަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަލްވަދާއު ކިޔައި، ޖެހިގެން ހުރި އާ ފެސިލިޓީއަކަށް ބަދަލުވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ "ތާރީހީ ދުވަހެއް" ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

Ads by Sosun Fihaara

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ސެންޓްރަލް ވިސްޓާ ކޮމްޕްލެކްސް އަލުން ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މޯދީ އާ އިމާރާތް އިފްތިތާހުކޮށްދެއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ހަތަރު ބުރީގެ އާ އިމާރާތުގައި 1،272 މެމްބަރުން ތިބެވޭނެ އެވެ.

"މިއަދު އިންޑިއާ ހޭލެވިއްޖެ އާ ވިސްނުމަކާއެކު،" ކުރީގެ ޕާލަމެންޓް އިމާރާތުގެ ސެންޓްރަލް ހޯލުގައި މޯދީ ވިދާޅުވި އެވެ.

1947 ވަނަ އަހަރު އިންޑިޔާއަށް މިނިވަންކަން ލިބުމުގެ ދެ އަހަރު ކުރިން އިނގިރޭސި ވިލާތުގެ އާކިޓެކްޓުން ކަމަށްވާ އެޑްވިން ލުޓިއެންސް އާއި ހާބަޓް ބޭކަރ ބިނާކުރެއްވި މި ޢިމާރާތުގައި ޖުމްހޫރިއްޔަތެއް އުފަންވެ، އެއަށްފަހު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޑިމޮކްރަސީގެ ބެލެނިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ.

މިހާރު މިއުޒިއަމަކަށް ހެދުމަށް ހަމަޖެހިފައިވާއިރު، އެތަނުގެ 788 މެންބަރުން 120 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ އާ، ޓްރިއެންގަލަރ ސައިޒުގެ ކޮމްޕްލެކްސްއަކަށް ބަދަލުވަނީއެވެ.

މިއީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މެދުތެރޭގައި ހުންނަ އިނގިރޭސި ވިލާތުގެ ޒަމާނުގެ އޮފީސްތަކާއި ގެތަކަށް 2.8 ބިލިއަން ޑޮލަރުގެ ބަދަލެއް ގެނައުމުގެ މަސައްކަތުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ޑިޕާޓްމަންޓްތަކަށް ބޭނުންވާ އިމާރާތްތަކުގެ ބްލޮކްތަކާއި ބޮޑުވަޒީރުގެ އާ ގެކޮޅު ވެސް ހިމެނޭނެ އެވެ. މުޅި މަޝްރޫއަކީ 3.2 ކިލޯމީޓަރު (1.9 މޭލު) ގެ ސަރަހައްދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!