ދުވާފަރުން މީހަކު ކޮވިޑަށް ފައްސިވެއްޖެ
 
                                                    ރ. ދުވާފަރުން މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
"މީދޫ ޓައިމްސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިކަން އަންގާފައި ވަނީ ދުވާފަރު ސިއްޙީ މަރުކަޒުގެ ރަސްމީ ވައިބާ ގްރޫޕުގައެވެ.
އެގޮތުން ފައްސިވެފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު ދުވާފަރަށް ހޯމް ކަރަންޓީނަށް އައިސް ހުރި މީހެއް ކަމަށާއި އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށް ވެސް ދުވާފަރު ސިއްޙީ މަރުކަޒުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ފައްސިވެ އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
