ދުނިޔެ

އިންޑިއާގެ ތަރައްޤީގެ އެންމެ ކުރީގައި އަންހެނުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި ސްޓޭޓް އެސެމްބްލީތަކުގެ ތިރީގޭގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އިންޑިއާ ސަރުކާރުން ބިލެއް ހުށަހަޅައި، ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން އެންމެ ދަށް، ގާތްގަނޑަކަށް 25 ޕަސެންޓް އަންހެން މުވައްޒަފުން ތިބި ގައުމެއްގައި އުއްމީދުތަކެއް އުފެދިއްޖެ އެވެ.

Ads by Sosun Fihaara

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ނިސްބަތް ދެގުނަ އަށް އިތުރުކުރުމުން އިންޑިއާގެ ކުރިއެރުން 7.5 ޕަސެންޓުން ނުވަ ޕަސެންޓަށް އިތުރުވެ، 2025 ވަނަ އަހަރު އަންނަންވާއިރަށް އެ ގައުމުގެ ޖީޑީޕީ 700 ބިލިއަން ޑޮލަރަށް އުފުލޭނެ އެވެ.

އިންޑިއާގައި 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެއް އަންހެން ބޮޑުވަޒީރަކާއި ދެ އަންހެން ރައީސުން އެބަތިއްބެވެ. މިހާތަނަށް 15 އަންހެނަކު ވަނީ ޗީފް މިނިސްޓަރުކަން ކުރައްވާފައެވެ.

މަޖިލީހަށް އިންތިހާބުވި އަންހެން މެމްބަރުންގެ ނިސްބަތަކީ ތިރިގެއަށް 14.94 އިންސައްތަ، މަތީ ގެއަށް 14.05 އިންސައްތަ އަދި ސްޓޭޓް ޤާނޫނު ހަދާ މަޖިލީހުގެ 10 އިންސައްތައެވެ.

އިންޑިއާގެ 3.1 މިލިއަން ވިލެޖް ބޮޑީ ރެޕްރެޒެންޓޭޓިވްސްގެ ތެރެއިން ގާތްގަނޑަކަށް 1.4 މިލިއަން މީހުންނަކީ އަންހެނުންނެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގައި މިހާތަނަށް އެންމެ އަންހެން އުއްތަމަ ފަނޑިޔާރަކު ވެސް ނެތެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގައި ތިއްބެވީ 34 ފަނޑިޔާރުންނާއި، 25 ހައިކޯޓުގެ 788 ފަނޑިޔާރުންގެ ތެރެއިން 106 އަންހެން ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގައި 7،199 ފަނޑިޔާރުންނެވެ.

  1. ގަދަކުޑޭ

    އިންޑިއާ އަކީ އަންހެންން އަޅުންނަށް ހަދާ ގައުމެއް