އުރީދޫއިން އައިފޯން 15ގެ ޕްރީ އޯޑަރަށް ހުޅުވާލައިފި
އުރީދޫން އައިފޯން 15 ގެ ޕްރީ-އޯޑަރަށް ހުޅުވާލައިފިއެވެ.
އުރީދޫން ވިދާޅުވީ މޫލީ މެދުވެރިކޮށް ދުރާލައި މިއަދުން ފެށިގެން ފޯނަށް އޯޑަރު ނަގަން ފަށާފައިވާ ކަމަށެވެ. އޯޑަރުކުރާ ކުރައްވާ ކަސްޓަމަރުންނަށް 29 ސެޕްޓެމްބަރު 2023 ގައި ފޯނު ހަވާލުކުރެވޭނެކަމަށް ވެސް އުރީދޫ މޯލްޑިވްސް ބުނެފައިވެއެވެ.
ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާ އެކޯ 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރު ކުރާ ފަރާތްތަކުން "ބޮނަސް100 ޖީބީ" ކީވޯޑް ޖަހާފައި 5555 އަށް އެސްއެމްއެސް ކުރަން ޖެހޭނެއެވެ.
Ads by Allied Insurance