ދުނިޔެ

ޕާކިސްތާނުގައި ހަމަހަމަ އިންތިޚާބެއް ބޭއްވިދާނެ ކަމާމެދު ޝައްކު އުފެދިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޮވެމްބަރު މަހުގެ ބަދަލުގައި ޖެނުއަރީ މަހުގެ ފަހުކޮޅު ޕާކިސްތާނުގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރެއްވުމާ ގުޅިގެން ސިޔާސީ ޕާޓީތަކާއި ތަޖުރިބާކާރުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

Ads by Sosun Fihaara

އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ގާނޫނު އަސާސީން ދޭން ޖެހޭ 90 ދުވަހުގެ މުއްދަތަށް ވުރެ އިންތިހާބު ލަސްވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ އިލެކްޝަންކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށެވެ.

ޕާކިސްތާން އިންސްޓިޓިއުޓް އޮފް ލެޖިސްލޭޓިވް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޭރެންސީ (ޕީއައިއެލްޑީއޭޓީ) ގެ މިނިވަން ސިޔާސީ ތިންކް ޓޭންކްގެ އިސް އޮފިޝަލެއް ކަމަށްވާ އާސިޔާ ރިޔާޒް ހުކުރު ދުވަހު ވިދާޅުވީ އީސީޕީގެ އިއުލާނަކީ ރަނގަޅު މަގަށް އެޅުނު ފިޔަވަޅެއް ކަމަށާއި ނަމަވެސް ޒަރޫރީ މައުލޫމާތެއް ނެތް ކަމަށެވެ.

"އާންމު އިންތިހާބެއް ބާއްވާނެ ތާރީހެއް އަދި ތާވަލެއް އަދި ނެތް، އެއީ ކަންބޮޑުވުމެއް،" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ، އިތުރަށް ލަސްވުންތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

"އާ ޕޯލެއް ބާއްވަން ޖެހޭ، މުއްދަތެއް ނެތް ގޮތަށް ފަސް ނުކުރެވޭނެ،" އެކަމަނާ ވިދާޅުވި އެވެ.

އީސީޕީގެ ބަޔާނުގައި ބުނެފައިވަނީ އަލުން ނެރޭ ދާއިރާތަކުގެ މެޕްތަކުގެ ފައިނަލް ލިސްޓު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ނަން ހުށަހެޅުމުގެ ލިޔުންތަކާއި އިސްތިއުނާފް ކުރުމާއި ކެމްޕެއިން ހިމެނޭ ގޮތަށް 54 ދުވަހުގެ އިންތިހާބީ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!