ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން އިއުލާން ކުރި، މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫޢުގެ ދަށުން ބިން ދޫކުރާނީ ސިފައިންގެ ބަނދަރެއް ތަރައްޤީ ކުރަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫޢުގެ ދަށުން މާލެ އުތުރު ތިލަފަޅާ ހަމައަށް ގުޅުވާލާނެ ކަމަށާއި ގޯތިދިނުމަށް ނިންމާފައިވާ އެއް ފަޅަކީ އުތުރު ތިލަފަޅު ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
މިގޮތުން މާލެއިން ހުޅުމާލެ އަށް، އަދި ގުޅިފަޅުން ތިލަފުއްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބްރިޖުން އެތަންތަން ގުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް މިރޭ ހުޅުވައިލާނެ ކަމަށާއި އެއްވެސް ތަފާތު ކުރުމެއް ނެތި އެ މަޝްރޫޢުގެ ދަށުން ބިން މިލްކު ކުރެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ވީހާވެސް ގިނަ ބަޔަކު އެކަމަށް ކުރިމަތިލުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ މިނިވަން ކަން އަލުން އަނބުރާ ލިބުން އެއީ މަމެން އުފާ ކުރާ ކަމެކޭ ވަތަންގެ މިނިވަން ކަން ދެެކެ ލޯބިވުމަކީ އެއީ ވަތަނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެކަމޭ މަމެން ޕިންކީން ކޮށްދޭން މިއުޅެނީ ލަވިންގް ލިބަރޓީ އިޒް ގިވިންގް އޯސަމް އެން ފްލޯލެސް ފީލިންގް ޓު މައި ހާރޓް ޓަޗިންގް ނެޝަނަލް ފްލެގް ކީޕްސް މައި ރޮމޭންސް ޓު ބީ ރިފްރެޝްޑް ޔޭއް ޔޭއް ޔޭއް ލަވިންގް ދަ ލިޓަރބީ އޮފް ނޭޝަން އިޒް ޕާރފެކްޓް ހޭއް ހޭއް ހޭއް ލަވިންގް ލިބަރޓީ އޮފް ދަ ނޭޝަން އިޒް އޯސަމް އެން ފްލޯލެސް….
އޯއް އޯއް އޯއް ބަލާލުމުން އިހްސާސް ވަނީ މަމެން ޕިންކީން މޮޅުވާ ތަނޭ މަމެން ޕިންކީން ގޯއްޗަށް ރެޑޭ މެން ގޯތި ހުރިހާ ކުދިން ވެސް އައިސް ވަނުމުން މަމެން އުފާ ކުރަމޭ އެކަމޭ އަދު ހުރިހާ ކަތުން އެއް އަޑަކުން އެކިޔަނީ ވަތަން ވަތަން އެދޭ ގޮތަށް ވަތަން ގެ މިނިވަން ކަން އަލުން އަނބުރާ ހޯދާދޭނީ ހަމައެކަނި މަމެން ޕިންކީންނޭ ޔޭއް ދިސް ކުޑް ބީ އިޓް މަމެންނަށް ހީވަނީ މަމެން ގައުމު ދެކެ ވަރަށް ލޯބިވާހެނޭ ޔޭއް އައި ތިންކް އައި އޭމް އިން ލަވް ވިދް މައި ކަންޓްރީ އައި ތިންކް އައި އޭމް އިން ލަވް ވިދް ޔޫ އޯއް ޔޭއް އައި ނޯ ޔޫ މިސް މީ…