ދުނިޔެ

އެތުލީޓް ވިސާއާ ގުޅިގެން އިންޑިއާ-ޗައިނާ ބޯޑަރު މައްސަލަ ހޫނުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ބޯޑަރު މައްސަލައަކާ ގުޅިގެން އިންޑިއާގެ މާޝަލް އާޓްސްގެ ތިން އެތުލީޓަކު ހަމަނުޖެހުން ހިންގައިފި އެވެ.

Ads by Sosun Fihaara

މި އަންހެނުންނަކީ ޗައިނާގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ބުނާ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝް ސްޓޭޓަށް ނިސްބަތްވާ އަންހެނުންނެވެ. އަންނަ ހޮނިހިރު ދުވަހު ޗައިނާގެ ހަންގްޒޫ ސިޓީގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރަން އެ ޓީމު އޮތީ ގްރޫޕެއްގަ އެވެ.

ނަމަވެސް އިންޑިއާއިން ބުނީ އެމީހުންނަށް ދަތުރުކުރުމަށް ހުރަސް އެޅި ކަމަށާއި ބެއިޖިންއިން އެމީހުންނަށް އެކަށީގެންވާ އެކްރެޑިޓޭޝަނެއް ނުދޭ ކަމަށެވެ. ނަމަވެސް ޗައިނާއިން ވަނީ އެކަން ދޮގުކޮށް ގާނޫނީ ލިޔުންތައް ހުރި ހުރިހާ އެތުލީޓުންނަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި ވޫޝޫގެ ތިން އެތުލީޓުން ކަމަށްވާ ނައީމަން ވަންގްސޫ، އޮނިލު ޓެގާ އަދި މެޕުންގް ލަމްގޫ ގެ ލިޔުންތައް ޑައުންލޯޑް ނުކުރެވުމުން އެ ތިން އެތުލީޓުން ވަނީ ދޫކޮށްލައިފަ އެވެ.

އެ ޓީމުގެ އެހެން މެމްބަރަކަށް އެއްވެސް މައްސަލައެއް ދިމާވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާއިން އެތުލީޓުންނާ މެދު ތަފާތުކޮށްފައިވަނީ "ޓާގެޓެޑް އަދި ޕްރީ މެޑިޓޭޝަން" އުސޫލުން ކަމަށެވެ.

"ޑޮމިސައިލް ނުވަތަ ނަސްލުގެ މައްޗަށް ބިނާކޮށް އިންޑިއާގެ ރައްޔިތުންނާ މެދު ތަފާތު ކޮށް ކަންތައް ކުރުމަކީ އިންޑިއާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެއް،" އެ ބަޔާނުގައި ވެ އެވެ.

އަރޫނާޗަލް ޕްރަދޭޝްއަކީ އިންޑިޔާގެ މުހިންމު އަދި އަބަދުވެސް ދެމިއޮންނާނެ ބައެކެވެ. އިންޑިއާއިން ބުނީ އެކަމާ ގުޅިގެން ވަރުގަދަ އިހުތިޖާޖެއް ފަށާފައިވާ ކަމަށާއި އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ގޭމްސްއަށް ކުރެއްވި ދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އޮފިޝަލަކު ވިދާޅުވީ ޗައިނާއިން އަންހެން ވިސާ ދޫކުރި ނަމަވެސް އެ ވިސާތައް ބަލައިގަތުމަށް ދެކޮޅު ހެދީ އިންޑިއާގެ އެހެން ވަފުދަށް ދިން ވިސާއާ ތަފާތުވުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!