ދުނިޔެ

ޗާންދްރިޔާންގެ ސިގްނަލް އަދި ނުލިބޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއިން ބުނީ ހަނދުގެ އާ ދުވަހެއް ފެށުމާއެކު އެ ގައުމުގެ ހަނދު ލޭންޑަރާއި ރޯވާއަށް ގުޅަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ސިގްނަލެއް ލިބިފައި ނުވާ ކަމަށެވެ.

Ads by WAMCO

ރޯވަރު ބަނޑުގައި ހިފައިގެން ދިޔަ ލޭންޑާ ވަނީ އޮގަސްޓް މަހު ހަނދުގެ ކުޑަކޮށް ބަލާފައިވާ ދެކުނު ތަނބު ކައިރީގައި އަތްލައިފަ އެވެ.

ދެ ހަފުތާ ވަންދެން ޑޭޓާ އާއި ފޮޓޯ އެއްކުރުމަށް ފަހު ހަނދުގެ ރޭގަނޑު "ސްލީޕް މޯޑް" އަށް އެ މީހުން ވަނީ ބަހައްޓާފަ އެވެ. ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ އިރު އޮއްސުމާ އެކު ބެޓެރީތައް ރީޗާޖްވެ މޮޑިއުލްތައް އަލުން ފެންނާނެ ކަމަށް އިސްރޯ އިން އުންމީދު ކުރެ އެވެ.

ނަމަވެސް ހަނދުގެ ރޭގެ ގަދަ ފިނީގެ ސަބަބުން ބެޓެރީތަކަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ.
ހުކުރު ދުވަހު އިސްރޯ އިން އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ވިކްރަމް ލޭންޑާ އާއި ޕްރަގްޔާން ރޯވާއާ މުއާމަލާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ" ކަމަށެވެ.
ހަނދުގެ ސައުތު ޕޯލް ކައިރީގައި ކާމިޔާބުކަމާއެކު ޖައްވީ އުޅަނދެއް ޖެއްސި ފުރަތަމަ ގައުމަށް އިންޑިއާ ވެގެން ދިޔައީ ޗަންދުރަޔާން-3 މިޝަނުންނެވެ.

އަދި އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާއަށް ފަހު ހަނދަށް ސޮފްޓް ލޭންޑިންއެއް ހާސިލްކުރުމަށް ގައުމުތަކުގެ އެލީޓް ކްލަބަކާ ވެސް ބައިވެރިވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!