ދުނިޔެ

އީޔޫއިން ޗައިނާއާ ވަކިވާން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަމިއްލަ ނަފްސު ހިމާޔަތް ކުރަން ޖެހޭ: އީޔޫގެ ޓްރޭޑް ޗީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ވަލްޑިސް ޑޮމްބްރޮވްސްކީސް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންއިން ޗައިނާއާ ވަކިވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް އެ ގައުމުގެ ހުޅުވާލެވިފައިވާ ކަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާއިރު އަމިއްލަ ނަފްސު ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.

Ads by WAMCO

ޔޫކްރެއިންއަށް ރަޝިޔާގެ ސިފައިން ވަނުމާ އެކު ބެއިޖިންއިން މޮސްކޯއާ އެކު އޮތް ގުޅުމާއި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ބަރޯސާވާން އީޔޫ އިން ބާރު އެޅުމުގެ ސަބަބުން ގުޅުން ވަނީ ނުތަނަވަސްވެފަ އެވެ.

ޝަންހާއީގައި މިހާރު ކުރިއަށްދާ އަހަރީ ބަންޑް ސަމިޓް ކޮންފަރެންސްގައި ހޮނިހިރު ދުވަހު ދެއްވި ތަގުރީރުގައި ޑޮމްބްރޮވްސްކީ ވިދާޅުވީ، އެ ބްލޮކުން މިދިޔަ އަހަރު ޗައިނާއާއެކު ރެކޯޑް އަދަދަކަށް ވިޔަފާރީގެ މުއާމަލާތްތައް ކުރި ނަމަވެސް އެއީ "ވަރަށް ބެލެންސް" ކަމެއް ކަމަށެވެ.

އެ ބްލޮކްގެ ޓްރޭޑް ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑޮމްބްރޮވްސްކީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އީޔޫއާ އެކު އިގްތިސާދީ ގޮތުން އިތުރަށް ބެލެންސްކޮށް ގުޅުން ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އޭނާ ވަޑައިގެންނެވީ ޗައިނާގެ އިލެކްޓްރިކް ވެހިކަލް އިމްޕޯޓުކުރުމުން ޔޫރަޕްގެ އުފެއްދުންތެރިން ސަލާމަތް ކުރުމަށް ޓަކައި އަދަބުގެ ޓެރިފް ނަގަން ޖެހޭތޯ ބަލާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!